
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
70 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ރަތް ކަނޑަށް ވެއްޓިއްޖެއެވެ. މިއީ، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ރަތް ކަނޑަށް ވެއްޓުނު ދެވަނަ ފަހަރެވެ. މި ފަހަރު ވެސް ކަނޑަށް ވެއްޓިފައި ވަނީ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ހެރީ އެސް ޓްރޫމަންގެ މަތިންދާބޯޓެކެވެ. އެ މަނަވަރު ރަތް ކަނޑަށް ފޮނުވާފައި ވަނީ ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަނުގައި ބައިވެރި ކުރުމަށެވެ. ޙޫޘީން ނައްތައިލުމުގެ ނަމުގައި ހިންގި އަސްކަރީ އޮޕަރޭޝަން ނާކާމިޔާބުވުމާ އެކު، އެ އޮޕަރޭޝަން ހުއްޓައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވާފައެވެ. އަދި، ޔަމަނަށް ބޮން އެޅުން ވެސް ވަނީ މެދުކަނޑައިލާފައެވެ.
އެމެރިކާގެ މަޞްދަރުތަކުން ބުނީ، ޔޫއެސްއެސް ޓްރޫމަނުން ކަނޑަށް ވެއްޓިފައި ވަނީ އެފް-18 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް ކަމުގައެވެ. އަދި، އެ މަތިންދާބޯޓު ކަނޑަށް ވެއްޓިފައި ވަނީ، އަސްކަރީ އޮޕަރޭޝަނުގައި ހަރަކާތްތެރިވުމަށް ފަހު އެނބުރި މަނަވަރުގައި ޖެއްސުމަށް މަސައްކަތް ކުރުމުގެ ތެރެއިން ކަމުގައެވެ. މި ހާދިސާގައި އެ މަތިންދާބޯޓުގައި ތިބި ދެ ޕައިލެޓުންނަށް ކޮންމެ ވެސް ވަރެއްގެ އަނިޔާތަކެއް ލިބުނު ނަމަވެސް ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. އަދި، އަސްކަރީ ހެލިކޮޕްޓަރަކުން ވަނީ އެ ދެ ޕައިލެޓުން ސަލާމަތް ކޮށްފައެވެ. މަތިންދާބޯޓު ކަނޑަށް ވެއްޓިފައި ވަނީ، މަނަވަރުގެ ރަންވޭގައި ޖެއްސުމުގައި ބޭނުން ކުރާ ‘ވަޔަރ’ ނުވަތަ ވަލަށް މައްސަލައެއް ކުރިމަތިވުމާ ގުޅިގެންނެވެ.
އޭޕްރިލް 28ވަނަ ދުވަހު ވެސް ޔޫއެސްއެސް ޓްރޫމަންގެ އަސްކަރީ މަތިންދާބޯޓެއް ކަނޑަށް ވެއްޓުނެވެ. އެ ހާދިސާ ހިނގާފައި ވަނީ، މަނަވަރުގެ ހޭންގަރ ޑެކުގައި އޮތް މަތިންދާބޯޓެއް އެހެން ސަރަޙައްދަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރުމުގެ ތެރެއިންނެވެ. އެ ހާދިސާގައި ވެސް އެމެރިކާގެ ކަނޑުގެ ސިފައިންގެ މީހަކަށް އަނިޔާވިއެވެ. ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނެތެވެ. އެއީ، އެފް/އޭ-18 މަރުކާގެ އަގުބޮޑު އަސްކަރީ މަތިންދާބޯޓެކެވެ.
ދެ އަސްކަރީ މަތިންދާބޯޓު ކަނޑަށް ވެއްޓުނު ނަމަވެސް، ޔޫއެސްއެސް ޓްރޫމަންގެ އަސްކަރީ އޮޕަރޭޝަން ނިމުމަކަށް ގެންނާނެ ކަމަށް ނުބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެ މަނަވަރާ އެކު، އެމެރިކާގެ އަސްކަރިއްޔާގެ ސްޓްރައިކް ގްރޫޕެއްގެ ގިނަ އަދަދެއްގެ މަނަވަރުތަކާއި ސަބްމެރިންތައް ހަރަކާތްތެރިވަމުންދާއިރު، އެ ގުރޫޕުގެ މައިގަނޑު އޮޕަރޭޝަނަކީ ޔަހޫދީންނަށް ޙިމާޔަތް ދިނުމެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
