
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މި ފަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ކްލަބަކީ އާސެނަލް ކަމުގައި އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ފްރާންސްގެ ޕީއެސްޖީ އަތުން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޓެޓާ ބުނެފައިވަނީ އެ ޓީމުގެ ކުޅުންތެރިންނާއިމެދު އޭނާ ފަހުރުވެރިވާ ކަމަށެވެ. “މި ކުޅުންތެރިންނާއި މެދު އަހަރެން ފަހުރުވެރިވަން އަދި %100 އަހަރެންނަށް ޔަގީން މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރި ކްލަބްތަކުގެ ތެރެއިން އެންމެ މޮޅު ކްލަބަކީ އާސެނަލް ކަން. ނަމަވެސް އަހަރުމެން މިވަނީ ފައިނަލަށް ނުގޮސް މުބާރާތުން ކަޓާފައި.” އާޓެޓާ ބުންޏެވެ.
އާޓެޓާ އިތުރަށް ބުނެފައިވަނީ ސެމީ ފައިނަލުގެ ދެ މެޗުގައިވެސް އެ ޓީމުން މޮޅަށް ކުޅެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާ ކަމަށާއި ނަމަވެސް ލިބުނު ފުރުސަތުތައް ގޯލަށް ބަދަލުކުރެވުނުނަމަ އެ ޓީމު އޮންނާނީ ފައިނަލުގައި ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. 2006 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް ހޯދުމަށް އާސެނަލް އިން މަސައްކަތް ކޮށްފައިވާއިރު އާޓެޓާ ބުނެފައިވަނީ މެޗަށްފަހު ޗޭންޖިންގ ރޫމް ތެރެއިން ކުޅުންތެރިންގެ މާޔޫސްކަން ފެނިގެންދިޔައިރު އެއީ ހިތްދަތި ވަގުތެއް ކަމަށެވެ.
އާޓެޓީ އިތުރަށް ބުނެފައިވަނީ ޕީއެސްޖީ އާއި ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް ތަފާތު ފެނިގެންދިޔައީ ޕީއެސްޖީގެ ކީޕަރު އިޓަލީގެ ޖިއާންލުއިޖީ ޑޮންނަރޫމާގެ ފަރާތުން ކަމަށެވެ. އަދި މި ފަހަރުގެ މުބާރާތުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކަށް ބަލާއިރު ރަގަޅު ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ކަމަށާއި އެ ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް މުބާރާތުގައި ރަގަޅު ނަތީޖާތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
