
މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭޒް އެ ކްލަބުގައި މަޑުކުރަން ބޭނުންވާކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ. އުމުރުން 30 އަހަރުގެ ފެނާންޑޭޒް އާއިއެކު މެންޗެސްޓަރ ޔުނައިޓެޑް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2027 ގެ ނިޔަލަށް ހަމަވާނެ އެވެ. ފެނާންޑޭޒްގެ ވާހަކަ އިތުރުވެފައިމިވަނީ ސައުދި އަރަބިއްޔާގެ އަލް ހިލާލް އިން އޭނާ ބޭނުންވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނުމާއި ގުޅިގެންނެވެ. އަދި އަންނަ މަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑްކަޕްގެ ކުރިން އަލް ހިލާލް އިން ފެނާންޑޭޒް އެ ކްލަބަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް ސީޒަނަށް ޓީމު އިތުރަށް ރަގަޅު ކުރުމަށްޓަކައި ކުޅުންތެރިންތަކެއް ދޫކޮށްލަން ޖެހޭ ކަމަށް މީގެ ކުރިންވެސް އަމޮރިމް ވަނީ ބުނެފަ އެވެ. އަދި އެ ބަދަލުތައް ވަރަށް އަވަހަށް ގެންނަން ފަށާނެކަމަށްވެސް ޕޯޗުގަލްއަށް އުފަން އަމޮރިމް ވަނީ ބުނެފަ އެވެ. “އަހަރުމެންގެ ވިސްނުން ބަދަލެއް ނުވޭ އަދި ބައެއް ކުޅުންތެރިންނަކީ ކްލަބުގައި މަޑުކުރުވަން ބޭނުންވާ ކުޅުންތެރިން. ބްރޫނޯ އަކީ އޭގެ ތެރެއިން އެއް ކުޅުންތެރިއެއް. އޭނާ އެ ކްލަބުގައި މަޑުކުރުވަން އަހަރެން ބޭނުންވޭ.” އަމޮރިމް ބުންޏެވެ.
ބްރޫނޯ ފެނާންޑޭޒް ވަނީ މި ސީޒަނުގައި 19 ގޯލު އެ ކްލަބަށް ކާމިޔާބުކޮށްދީ އިތުރު 18 ގޯލު ޖެހުމަށް މަގު ތަނަވަސްކޮށްދީފަ އެވެ. އަމޮރިމް އިތުރަށް ބުނެފައިވަނި ބްރޫނޯ ފެނާންޑޭޒް ފަދަ ކުޅުންތެރިން ހޯދުމަކީ ކޮންމެ ޓީމެއްގެ ވެސް ވިސްނުން ކަމަށާއި އޭނާ އަކީ މޮޅު ކުޅުންތެރިއެއްގެ އިތުރުން ލީޑަރެއް ކަމަށެވެ. ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ޔޫރަޕްގެ އެއްވެސް މުބާރާތެއްގެ ފުރުސަތު މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިނުވާއިރު އެ ކްލަބަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރެވެ އެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް 35 މެޗު ކުޅެފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވާ 39 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 15 ވަނަ މަގާމުގައެވެ. މިއީ އެ ކްލަބުގެ 137 އަހަރުވީ ދިގު ތާރީޚުގައިވެސް އެ ޓީމަށް ހޯދިފައިވާ އެންމެ ދަށް ނަތީޖާ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
