
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޗެލްސީ އިން ބޭނުންވަނީ ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބު ކުރުމަށް ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ. މަރެސްކާ މިހެން ބުނެފައިވަނީ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ސްވިޑަންގެ ޖިއޯގާޑެން އާއި ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. މިރޭގެ މެޗަށް ޗެލްސީ އަމިއްލަ ދަނޑުގައި ނިކުންނައިރު މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 4-1 ގެ ނަތީޖާއަކުން ޗެލްސީން ވަނީ ކާމިޔާބުކޮށްފަ އެވެ.
އަދި އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ޗެލްސީން ވަނީ ކާމިޔާބުކޮށްފަ އެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް މެޗަކުން ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. “މިއީ އަހަރުމެންނަށް ވަރަށް މުހިންމު މުބާރާތެއް. އަހަރެމެން ބޭނުންވަނީ މި މުބާރާތް ކާމިޔާބު ކުރަން އެއީ ސުވާލެއްވެސް އޮތް ކަމެއް ނޫން. ޗެލްސީ އަކީ މުބާރާތްތައް ކާމިޔާބު ކުރަން ބޭނުންވާ ޓީމެއް. އެހެންކަމުން އިތުރު ވިސްނުމެއް ނޯންނާނެ” މަރެސްކާ ބުންޏެވެ.
“ޗެލްސީން ވަނީ ވަރަށް މުހިންމު ބޮޑެތި މުބާރާތްތައް ކާމިޔާބުކޮށްފައި. މިއީ ޗެލްސީއަށް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި މުބާރާތް. އެހެންކަމުން މި މުބާރާތް ކާމިޔާބުކުރަން ޖެހޭނެ. މި ޓީމުގައި ތިބި ކުޅުންތެރިންނާއިއެކު މުބާރާތް ކާމިޔާބު ކުރެވޭނެކަން އެބަޖެހޭ ސާބިތުކޮށްދޭން.” މަރެސްކާ އިތުރަށް ބުންޏެވެ. ޗެލްސީއިން މި މުބާރާތް ކާމިޔާބުކޮށްފިނަމަ އެ ޓީމު ވެގެންދާނީ ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާއިން އިންތިޒާމު ކުރާ ތިން މުބާރާތް ކާމިޔާބުކުރި ޔޫރަޕްގެ ފުރަތަމަ ކްލަބަށެވެ. މީގެ ކުރިން އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ އިތުރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
