
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ އާސެނަލް އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު ކާމިޔާބުކޮށް 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ޕީއެސްޖީ މޮޅުވެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ. ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ އިން ކާމިޔާބުކޮށްފައިވަނިކޮށް ރޭ ކުޅުނު މެޗު އެ ޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.
ޕެރިހުގެ ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި ސާޅީސް ހަތް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައިވެސް ޕީއެސްޖީގެ ކީޕަރު އިޓަލީގެ ޖީއާންލުއިޖީ ޑޮންނަރޫމާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. ފުރަތަމަ ލެގުގައިވެސް އާސެނަލްގެ ގިނަ ހަމަލަތަކެއް މަތަކޮށްފައިވާ ޑޮންނަރޫމާ ވަނީ ރޭގެ މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާ އާސެނަލްގެ ނުރައްކާތެރި ގިނަ ހަމަލަތަކެއް ދިފާއުކޮށްފަ އެވެ. އެގޮތުން ގެބްރިއެލް މާޓިނޭލީ އާއި ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ދެ ހަމަލާ ފާހަގަކޮށްލެވެއެވެ.

މި މެޗުގެ 27 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ޕީއެސްޖީ އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އާސެނަލްގެ ތޯމަސް ޕާޓޭ ބޮލުން ޖަހާ ދުރަށް ފޮނުވާލި ބޯޅައެއް ގޯލާއި 20 ޔާޑު ދުރުގައި ހުރި ފަބިއަން ރުއިޒް އަށް ލިބުމުން އޭނާ އެއް ފަހަރުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޕީއެސްޖީ އިން ލަނޑު ޖެހިތާ ގިނައިރުތަކެއް ނުވަނީސް އާސެނަލްއަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ބުކަޔޯ ސަކާ ފޮނުވާލި ބާރު ހަމަލާ ޕީއެސްޖީގެ ކީޕަރު ޑޮންނަރޫމާ ވަނީ މި ފަހަރުވެސް ދިފާއުކޮށްފަ އެވެ.
މި މެޗުގައި ޕީއެސްޖީ އިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 72 ވަނަ މިނިޓުގައި އާސެނަލްގެ ތޯމަސް ޕާޓޭ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އަޝްރަފް ހަކީމީ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. ނަމަވެސް އޭގެ ހަތަރު މިނިޓު ފަހުން އާސެނަލްގެ ސަކާ ވަނީ ލަނޑެއް ޖަހާފަ އެވެ. މި ލަނޑާއެކު އާސެނަލްގެ ކުޅުން ހަލުވި ވެގެންދިޔަ ނަމަވެސް އެ ޓީމަށް ވަނީ އިތުރު ލަނޑެއް ޖެހޭގޮތް ނުވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް ދެވަނަ ފަހަރަށް ޕީއެސްޖީ އަށް ލިބިފައިވާއިރު މި ފަހަރު އެ ޓީމުން އިޓަލީގެ އިންޓަރ މިލާނާއި ދެކޮޅަށް ނިކުންނާނީ 2020 ވަނަ އަހަރުގެ ފައިނަލުގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން ބަލިވި ހަނދާންތައް ނައްތާލުމަށްފަހު ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
