
ކްރިސްޓިއާނޯ ރޮނާލްޑޯގެ ދަރިފުޅު ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ ޕޯޗުގަލްގެ 14 އަހަރުން ދަށުގެ ގައުމީ ޓީމަށް ނަގައިފި އެވެ. ޖޫނިއާ މިހާރު ކުޅެމުންދަނީ އޭނާގެ ބައްޕަ ކުޅެމުންދާ ސައޫދީ އަރަބިއާގެ އައް ނަސްރުގެ 14 އަހަރުން ދަށުގެ ޓީމަށެވެ. ޕޯޗުގަލްގެ ކެޕްޓަންކަން ކުރަމުން އަންނަ ރޮނާލްޑޯ ވަނީ އޭނާގެ ދަރިފުޅު އޭނާގެ ގައުމުގެ 14 އަހަރުން ދަށުގެ ގައުމީ ޓީމަށް ނެގުމުން އެކަމުގެ އުފަލުގައި ސޯޝަލް މީޑިއާގައި އެކަން އިއުލާނުކޮށްފަ އެވެ.
ރޮނާލްޑޯ ބުނީ ދަރިފުޅަށްޓަކައި ފަހުރުވެރިވާ ކަމަށެވެ. ރޮނާލްޑޯގެ ދަރިފުޅު ގޮވައިގެން ޕޯޗުގަލް ކުޅެން މަސައްކަތް ކުރާ މުބާރާތަކީ މި މަހުގެ 13 އިން 18 އަށް ކްރޮއޭޝިޔާގައި އޮންނަ މުބާރާތެކެވެ. މި މުބާރާތުގައި ޕޯޗުގަލް ކުޅެން ޖެހެނީ ޖަޕާނާއި ގްރީސް އާއި އިންގްލޭންޑާ އެވެ. ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ ދަނީ އުމުރުން 40 އަހަރުގައި ވެސް ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެމުންނެވެ. އޭނާ ވަނީ ގައުމީ ޓީމަށް 136 ގޯލު ޖަހައިދީފަ އެވެ. އަދި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައި އެންމެ ގިނަ މެޗު ކުޅެދިން މީހަކީ ވެސް ރޮނާލްޑޯ އެވެ.
ރޮނާލްޑޯގެ ދަރިފުޅު ފުޓްބޯޅަ ކެރިއަރު ފެށީ އޭނާގެ ބައްޕަ ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުޅެނިކޮށެވެ. އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ ޔުވެންޓަސް އަށް ރޮނާލްޑޯ ކުޅުނުއިރު އެ ދެ ކުލަބުގެ އެކަޑަމީގައި އޭނާގެ ދަރިފުޅު ފަރިތަކުރި އެވެ. ރޮނާލްޑޯގެ ދަރިފުޅު ޕޯޗުގަލް އަށް ކުޅެން ފެށީ އެނާ އަށް ސްޕޭނާއި އެމެރިކާގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އޮއްވަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
