
ބާސެލޯނާގެ ޑިފެންޑަރު އިނިގޯ މާޓިނޭޒް އިންޓަމިލާނުގެ ޑިފެންޑަރު ފްރާންސެސްކޯ އަޗޭބީގެ ގަޔަށް ކުޅު ޖެހި ކަމަށް ދެކެވޭ ވާހަކަ މާޓިނޭޒް ދޮގުކޮށްފި އެވެ. އިންޓަ އަތުން 4-3 އިން ބަލިވެ ބާސެލޯނާ މުބާރާތުން ކެޓި މެޗުގައި މި ހާދިސާ ހިނގި ކަމަށް ވަނީ އިންޓަމިލާނުން ޕެނަލްޓީ އަކުން ޖެހި އެ ޓީމުގެ ދެ ވަނަ ލަނޑަށް ފަހު އުފާފާޅު ކުރުމުގެ ތެރޭގަ އެވެ. ނަމަވެސް މާޓިނޭޒް މިކަމަށް އިންކާރުކުރެ އެވެ.
“އޭނާ އުފާފާޅު ކުރީ އަހަރެންގެ ކަންފަތް ދޮށުގައި. އަހަރެންގެ ރިއެކްޝަން އެވަގުތު ހުރީ ބޭކާރު ގޮތަކަށް އެކަމަކު އަހަރެން ކުޅެއް ނުޖަހަން،” ޓީވީ އަށް ދިން އިންޓަވިއުގައި މާޓިނޭޒް ބުންޏެވެ.
އޭނާ ބުނީ އެފަދަ ކަމެއް ކުރިނަމަ އޭނާ ދަނޑުމަތީގައި އިތުރަށް އެންމެ ސިކުންތަކު ވެސް ނުހުންނާނެ ކަމަށެވެ. “ހަމަ ޔަގީން. އަހަރެން އެފަދަ ކަމެއް ކުރި ނަމަ (ރަތްކާޑު ދައްކައި) އަހަރެން ފޮނުވާލާނެ. އެކަމާމެދު ޝައްކެތްނެތް،” މާޓިނޭޒް ބުންޏެވެ.
ނަމަވެސް މި ހާދިސާ އަށް ފަހު އަޗޭބީ ވަނީ ރެފްރީ ގާތުގައި ވަރަށް ބޮޑަށް މައްސަލަ ޖައްސާފަ އެވެ. އަދި ޕެނަލްޓީ އަށް ފަހު އަލުން ކުޅެން ފެށުމުގެ ކުރިން ރެފްރީން ވަބީ ވީއޭއާރުން މެދުވެރިކޮށް މިކަން ޗެކްކޮށްފަ އެވެ. އެކަމަކު ފިޔަވަޅެއް ނާޅަ އެވެ. އެކަމަކު ފަހުން މާޓިނޭޒް ކުޅު ޖެހިތަން ފެންނަ ބައެއް ވީޑިއޯތައް އުޅޭ ކަމަށް ސްޕޭނުގެ މީޑިޔާތަކުން ބުނެ އެވެ. އިންޓަމިލާން މުބާރާތުގެ ފައިނަލަށް ދިޔައީ ދެ މެޗުގެ އެގްރިގޭޓުން 7-6 އިން ބާސެލޯނާ ބަލިކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
