
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދާއެއްގޮތަށް އެމަސައްކަތް ކުރުމަށް އެއެއަރޕޯޓު ހިންގަމުންދާ ފަރާތަކަމުގައިވާ ވިލާއެއަރއާއެކު މަޝްވަރާތަކެއް ކުރައްވަމުންގެންދަވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ވެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތަށް ކާޑެއްދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ އެއަރޕޯޓު މިހާރުވެސް ހިންގާ ވިލާ އެއަރއާ ހަވާލުކޮށްގެން ނުވަތަ ސަރުކާރުންތޯ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ވަޒީރު ވިދާޅުވީ މުހިންމީ ވަކި ފަރާތަކުން އެއަރޕޯޓް ހިންގުން ނޫންކަމަށާއި، އެތަން ޒަމާނީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކޮށް، ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކުރުމަށް އެކަށައަޅާފައިޥާ ޕްލޭނާއެއްގޮތަށް މިހާރު މަސައްކަތްތައް ފަށާފައިވާކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ނިންމަވާފައިވަނީ ގދ. ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫގައި މުޅިން އާ އެއަރޕޯޓެއް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރެއްވުމަށެވެ. ތިނަދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤިކުރުމުގެ ބަދަލުގައި، ދެ ރަށް ބުރިޖުން ގުޅާލާ، ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރަން ނިންމާފައިވާއިރު، ސަރުކާރުން ފުރަތަމަ ނިންމީ، ތައިލެންޑްގެ ކުންފުންޏަކާ ހަވާލުކޮށް ތިނަދޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމަށެވެ.
ވަޒީރު ވިދާޅުވީ މިކަމުގެ މަޝްވަރާތައް، ކާޑެއްދޫ އެއަރޕޯޓާއި ހަވާލުވެފައިވާ ފަރާތާއެކު މިހާރު ކުރިއަށްދާކަމަށެވެ. “ކާޑެއްދޫ އެއަރޕޯޓް މިހާރު އޮތީ އަމިއްލަ ފަރާތަކާ ހަވާލުކޮށްފަ. ރައީސްގެ ނިންމެވުމާ ޕްލޭނާ އެއްގޮތަށް އެތަން ތަރައްޤީކުރާނީ. މުހިންމު ވަކި ފަރާތަކުން އެއަރޕޯޓް ހިންގުމެއް ނޫން، ބޭނުންވާ މިންގަނޑަށް ތަރައްޤީކުރުން. މިހާރު އެބަގެންދަން، އެއަރޕޯޓާ ހަވާލުވެފައިވާ ފަރާތްތަކާއެކު އެކަމުގެ ޑައިލޮގްތައް.” ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވިލާ އެއަރގެ ޗެއަރމަން ޤާސިމް އިބްރާޙިމް މިއަހަރަކުގެ ފެބްރުއަރީމަހު، ރައްޔިތުންގެ މަޖީލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ސަރުކާރަށާއި ވިލާ އެއަރ ކުންފުންޏަށް ގެއްލުން ނުވާނެ އެއްބަސްވުމެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓު ދޫކޮށްލަން ތައްޔާރަށް ހުންނެވިކަމަށެވެ. މިކަމާ ގުޅިގެން ވަޒީރު އަމީން ވިދާޅުވީ، މިފަދަ އެއްވެސް މަޝްވަރާއެއް މިހާތަނަށް ރަސްމީ ސިފައެއްގައި ހުށައަޅައިގެން ކުރިއަށްގެންގޮސްފައި ނެތްކަމަށެވެ.
ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓުގެ ހިންގުން ވިލާ އެއަރއާ ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އެއީ 50 އަހަރަށެވެ. ނަމަވެސް އެ އެއްބަސްވުން 2107 ވަނަ އަހަރު ސަރުކާރުން ބާޠިލުކުރިއެވެ. މިކަމާ ގުޅިގެން ވިލާ އެއަރއިން ކޯޓަށް މައްސަލަ ހުށައެޅިއެވެ. އަދި އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ހައިކޯޓުން ކަނޑައަޅައި، ކާޑެއްދޫ އެއަރޕޯޓުގެ އެއްބަސްވުން ވަނީ ދަމަހައްޓާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
