
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަށް ކުރާ މަސައްކަތުގައި، “މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝީއޭޓިވް”އަކީ މުހިއްމު މަޝްރޫޢެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މުނައްވަރު މިހެން ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް، މިސްފީ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް، މިސްފީ އަކީ މެލޭޝިއާގެ ބޭންކް އިސްލާމްގެ ޞަދަޤާ ހައުސްގެ މައްޗަށް ޔުނިވަރސިޓީ އޮފް ސެލެންގޯއާއި ގުޅިގެން ކުރެވުނު ދިރާސާތަކަށްފަހު ފަށާ މަޝްރޫޢެކެވެ.
“މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝީއޭޓިވް” އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވީ، މިމަޝްރޫޢަކީ އެމްއެމްއޭގެ 2025 އިން 2027ގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މުހިއްމު އަމާޒެއްކަމަށެވެ. އަދި މިމަޝްރޫޢަކީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ޙަރުފަތަކަށް ގެންދާނެ މަޝްރޫޢެއްކަމަށްވެސް ގަވަރުނަރުވަނީ ވިދާޅުވެފައެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ އިތުރު ހަރުފަތަކަށް ޖައްސާ ރާއްޖެއަކީ އިސްލާމިކް ފައިނޭންސިންގެ ހަބެއްގެގޮތުގައި ސަރަޙައްދީ ފެންވަރުގައި ތަރައްޤީކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މިމަޝްރޫޢާއެކު ޤައުމުގެ އިޖުތިމާޢީ ހަމަހަމަކަމާއި، އެންމެންގެ އިޤްތިޞާދީ ބައިވެރިވުން އިތުރުކުރެވޭނެކަންވެސް ގަވަރުނަރު މުނައްވަރު ފާހަގަކުރެއްވިއެވެ.
“މި މަޝްރޫޢާއެކު އިޖުތިމާޢީ ހަމަހަމަކަން ޤާއިމްކުރެވި، އިޤްތިޞާދީ ބައިވެރިވުމާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރުމަށް މަގުފަހިވެ، ޤައުމުގައި އިންސާފު ޤާއިމުކުރުމާއި، ހަމަހަމަކަމާއި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެންދާނެ. މި އިނީޝިއޭޓިވްގެ އެންމެ މުހިއްމު އަމާޒަކީ މުޖުތަމަޢުގެ ކޮންމެ ފަރުދަކީ އިޤްތިޞާދުގައި ބައިވެރިވުން އޮންނަ މީހަކަށް ހެދުން” މުނައްވަރު ވިދާޅުވިއެވެ. މުނައްވަރުވަނީ މިއީ ދިރާސީ ޢިލްމުގެ މައްޗަށް ސިޔާސަތުތައް ކަނޑައަޅިގެންދިޔުމުގައި ފާހަގަކޮށްލެވޭ މިސާލެއްކަމަށް ވިދާޅުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ރަސްމިއްޔާތުގައި ޔުނިވަރސިޓީ އިސްލާމް ސެލެންގޯރގެ ވައިސް ޗާންސެލަރ މުޙައްމަދު ފަރީދު ރާވީ ބިން ޢަބްދުﷲ އިސްލާމިކް ފައިނޭންސިންގެ ކާމިޔާބީއާއެކު މުޖުތަމަޢުގައި ނާޒުކު ހާލަތުގައި އުޅޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
