
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިޔާގެ ކޯސްޓްގާޑުން އިސްނަގައިގެން ކުރިއަށްގެންދާ ތަމްރީންތަކުގައި ބައިވެރިވަމުންދާ 9 ޤައުމެއްގެ އޮފިސަރުންނާއި ކްރޫން ރާއްޖެ އަތުވެއްޖެއެވެ. މި އޮފިސަރުން ރާއްޖެ އައީ އިންޑިޔާގެ މަނަވަރެއްގައެވެ. ސެކިޔުރިޓީ އެންޑް ގްރޯތު ފޮރ އޯލް އިން ދި ރީޖަން، ސާގަރގެ ނަމުގައި ފަށާފައިވާ މި ތަމްރީންތަކުގައި ރާއްޖޭގެ އޮފިސަރަކާއި ކޯސްޓްގާޑުގެ 3 ކްރޫން ބައިވެރިވެއެވެ. މި ޕްރޮގުރާމާ ގުޅޭ މަޢުލޫމާތު ދެއްވަމުން މަނަވަރުގެ ކޮމާންޑަރ ކަމާލް ސިންގް ރާނާ ވިދާޅުވީ އިންޑިއާގެ މަނަވަރުގައި ދަތުރުތައް ފެށީ މިދިޔަ މަހުގެ 5 ވަނަ ދުވަހު ކަމަށެވެ. އަދި މި ދަތުރުތަކުގައި ރާއްޖެ ހިމެނޭހެން 5 ޕޯޓަކަށް ބަނދަރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމާންޑަރ ވިދާޅުވީ އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގެ ޤައުމުތަކުގެ ނޭވީ އޮފިސަރުންނާއި ކްރޫން މިމަނަވަރުގައި ތަމްރީން ހަދަމުންދާ ކަމަށެވެ. އެ ގޮތުން 12 އޮފިސަރަކާއި 32 ކްރޫ މެންބަރުން ތަމްރީން ހަދަމުންދާކަމަށް ކޮމާންޑަރު ވިދާޅުވިއެވެ. “އިންޑިޔާ ކަނޑުގައި މިހަދާ ތަމްރީންތަކުގައި ބައިވެރިވާ އެންމެންހެން ކިޔަވާފައިވަނީ އިންޑިޔާއިން. ކަނޑުގައި ހަދާ ތަމްރީންތަކުގެ ތެރެއިން ކަނޑުގައި ބަޑި ޖެހުމާއި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމާ ބެހޭ ތަމްރީންތައް ހަދާފައިވޭ.” ކޮމާންޑަރ ވިދާޅުވިއެވެ. މިތަމްރީންތަކުގައި ބައިވެރިވާ ބައެއް ޤައުމުތަކުގެ ނޭވީ އޮފިސަރުން ވިދާޅުވީ މި ޕްރޮގުރާމްތަކުގެ ތެރެއިން ވަރަށް ރަނގަޅު ތަޖުރިބާތަކެއް ކުރެވުނު ކަމަށެވެ. އަދި މެރިޓައިމް ސެކިޔުރިޓީގެ ދާއިރާއިން ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަކަން އޮފިސަރުން ފާހަގަކުރެއްވިއެވެ.
ސަރަހައްދީ 9 ޤައުމެއް ގުޅިގެން މިހަދާ ތަމްރީންތަކުގެ ސަބަބުން އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށް ކުރިއެރުން ލިބޭނެކަން ދިވެހިރާއްޖޭގެ ޤައުމި ދިފާޢީ ބާރުންވެސް ފާހަގަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
