
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ސައުވީސް އަހަރުވީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނު އުވަލައި، ގިނަ އިސްލާޙުތަކަކާއެކު އަލުން މި ޤާނޫނު އެކުލަވާލަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނު އަލުން އެކުލަވާލުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށައެޅުއްވީ ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޒީމެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވައި މިހާރު ވަނީ ބަހުސް ފަށާފައެވެ.
ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި މަޤްޞަދެއްކަމަށް ބަޔާންކޮށްފައިވަނީ، 2001 ވަނަ އަހަރު އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނުގެ ބަދަލުގައި ޒަމާނާ އެކަށީގެންވާ ތަންފީޒީ ނިޒާމެއް މެދުވެރިކޮށް މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހައި ކަންކަން ހިިންގައި ތަންފީޒުކުރުމަށްޓަކައި ތަޢާރުފުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ތަޢާރަފުކުރުމެވެ. އަދި ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާ ގުޅޭ އުޞޫލުތަކާއި މިންގަނޑުތައް ދިވެހިރާއްޖެ ބައިވެރިވެފައިވާ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅުމަކީވެސް މަޤުޞަދެއްކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
24 އަހަރަށްފަހު ބޮޑެތި ބަދަލުތަކެއް ގެންނައިރު، މި ޤާނޫނަށް ގެންނަ އެންމެ މުހިންމު އެއް ބަދަލަކީ ވައިގެ ބަނދަރުތައް ތަރައްޤީކުރުމާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވާލުމެވެ. އެ ގޮތުން ކޮންމެ ވައިގެ ބަނދަރެއްގައިވެސް ކަނޑައެޅިފައިވާ ވަކި މާސްޓަރޕްލޭނެއް އޮންނަންވާނެކަމާއި އެ ވައިގެ ބަނދަރު ހަދާ ތަރައްޤީކޮށް އެ ބަނދަރުތަކުގައި ހިންގާ އެންމެހައި ކަންކަމާއި ހަރަކާތްތައް ހިންގަންވާނީ މާސްޓަރޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މާސްޓަރޕްލޭން އެކުލަވާލަންވާނީ ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ މުޢަހަދާއާއި އެނޫންވެސް ކަމާބެހޭ މުޢާހަދާތަކަށް ރިޢާޔަތްކުރުމާއެކު މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުޞޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި މާސްޓަރޕްލޭނަށް ކޮންމެ 5 އަހަރަކުން އެއްފަހަރު މުރާޖަޢާކޮށް ގެންނަންޖެހޭ އިސްލާހުތައް ގެންނަންވާނެކަމަށްވެސް ބިލުގައި ބަޔާންކޮށްފައިެވެވެ. މީގެ އިތުރުން މި ބިލު ފާސްވެ، ތަސްދީޤުކޮށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި “އެއަރޕޯޓް ޑިވެލޮޕްމެންޓް އޯވަރސައިޓް ކައުންސިލް”ގެ ނަމުގައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އެކުލަވާލަންޖެހޭނެއެވެ. މި ކައުންސިލް އެކުލަވާލާނީ އެއިރެއްގައި ހުންނަވާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރެވެ. ވައިގެ ބަނދަރުތަކުގެ މާސްޓަރޕްލޭން އެކުލަވާލަނީ މި ކައުންސިލުންނެވެ.
ހަމައެއާއެކު ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު މަދަނީ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓާއި ސީރިއަސް އިންސިޑެންޓްތައް ތަޙުޤީޤުކުރުމަށްޓަކައި “މޯލްޑިވްސް އެއަރ އެކްސިޑެންޓްސް އިންވެސްޓިގޭޝަން އެޖެންސީ”އެއް އުފެދޭނެއެވެ. މިއީ އެއިރެއްގައި އޮންނަ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގައި މިނިވަން އިދާރާއެކެވެ. މި އިދާރާގެ މަޤުޞަދަކީ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓާއި ސީރިއަސް އިންސިޑެންޓްތަކާ ގުޅޭ މަސައްލަތައް ބަލައިގަތުމާއި ތަޙްޤީޤުކުރުމާއި ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ޢާންމުކުރުމެވެ. އަދި ވައިގެ ސަލާމަތްތެރިކަމަށް އަސަރުކުރާ ކަންކަމާއި އަސަރުކޮށްފާނެ ކަންކަން ދެނެގަތުމާއެކު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށާއި ޢާންމުންނަށް ސޭފްޓީ ރިކޮމެންޑޭޝަން ފޯރުކޮށްދިނުމާއިކީވެސް މި އިދާރާ އުފެއްދުމުގެ މަޤުޞަދެކެވެ. އަދި ސަލާމަތްތެރިކަމާއެކު ވައިގެ ދަތުރުފަތުރުކުރުމާ ގުޅޭ ޕްރޮގުރާމްތައް ހިންގައި ޢާންމުން ހޭލުންތެރިކުރުންވެސް މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
