
ޖަރުމަންވިލާތުގެ އައު ޗާންސެލަރކަމަށް އިންތިޚާބު ވެވަޑައިގެންނެވި ފްރީޑްރިކް މާޒްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. ޖަރުމަންވިލާތުގެ ޗާންސެލަރުގެ މަޤާމަށް ފްރީޑްރިކް މާޒްއަށް މަރުހަބާ ވިދާޅުވެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ރާއްޖެއިން ޖަރުމަންވިލާތާއެކު އޮންނަ ގާތް އެކުވެރި، ގުޅުން ބަލައިގަންނަ ކަމަށެވެ. އަދި އެ ޤައުމާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ދެ ޤައުމު ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް އައު ޗަންސެލަރުގައި ދައުރުގައި ފުރުސަތު ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޖަރުމަންވިލާތުގެ އައު ޗާންސެލަރކަމަށް ފްރީޑްރިކް މާޒް އިންތިޚާބުވީ އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގައި ދެ ބުރަށް ވޯޓުލައިގެންނެވެ. ފުރަތަމަ ބުރުގައި އޭނާއަށް މަޤާމަށް އިންތިޚާބުވުމަށް ބޭނުންވާ އަދަދަށް ވޯޓު ހަމަނުވެއެވެ. ނަމަވެސް ދެވަނަ ބުރަށް ވޯޓުލައިގެން އޭނާ ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެ ޤައުމުގެ ޗާންސެލަރުކަމަށް އިންތިޚާބު ވުމަށް، މަޖިލީހުގެ 630 ވޯޓުގެ ތެރެއިން 316 ވޯޓު ކާމިޔާބުކުރަން ޖެހެއެވެ. އޭނާއަށް ފުރަތަމަ ބުރުގައި ލިބުނީ 310 ވޯޓެވެ. ނަމަވެސް ދެވަނަ ބުރުގައި އައު ޗާންސެލަރ ފްރީޑްރިކް މާޒްއާއި އޭނާ ކޯލިޝަނުން ވަނީ 328 ގޮނޑި ކާމިޔާބުކޮށްފައެވެ.
ޖަރުމަންވިލާތުގެ ޗާންސެލަރކަމަށް ހޮވާ މީހަކުގެ ނަން އެ ޤައުމުގެ މަޖިލީހަށް ފޮނުވަނީ އެ ޤައުމުގެ ރައީސްއެވެ. އޭގެ ފަހުން ސަރުކާރެއް އެކުލަވާލުމަށް އެ މީހަކު މަޖިލީހުގެ ދެ ބައިކުޅަ އެއްބައިގެ އަޤުލަބިއްޔަތު ކަށަވަރު ކުރަންޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
