
ދަނޑުވެރިކަމާއި ވެލިއުއެޑެޑް ޕްރޮސެސިންގ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ނ.މިނާވަރުގެ އެއްބަސްވުން އުވާލީ އެއްބަސްވުމާ އެއްގޮތަށް ކަންކަން ރަނގަޅުކުރުމަށް ދިން ފުރުޞަތުގައި އެކަންކަން ރަނގަޅުނުކުރުމުންކަމަށް ދަނޑުވެރިކަމާއި ދިރާތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސްއަށް ނ. މިނާވަރު ކުއްޔަށްދީފައި ވަނީ 2010 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 6ވަނަ ދުވަހުއެވެ. ދަނޑުވެރިކަމާއި ވެލިއުއެޑެޑް ޕްރޮސެސިންގ މަސައްކަތްކުރުމަށް ނުވަތަ އަގުއެއްކޮށްގެން ވިއްކާނެ ބާވަތްތައް އުފައްދާ ބާޒާރަށް ނެރުމުގެ މަސައްކަތްކުރުމަށް ދޫކޮށްފައިވާ އެރަށުގައި އެއްބަސްވުމާއި ޚިލާފަށް ކަންކަން ކުރަމުންދާތީ އެކަންކަން ރަނގަޅުކުރުމަށް ތަކުރާރުކޮށް އަންގާފައިވާކަމަށާއި، އެއްބަސްވުން ބާތިލުކޮށްފައިވަނީ، އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށްނުދާތީކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ކުރި މޮނީޓަރިން ދަތުރުތަކުގައި އެރަށުގައި، އެގްރީމަންޓުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ވެލިއު އެޑްކޮށްގެން އެކި ބާވަތްތައް އުފެއްދުމާއި ޕްރޮސެސްކުރުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަށްގެންގޮސްފައިނުވާކަން ފާހަގަކުރެވިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އެހެންކަމުން މިކަންކަން ރަނގަޅުކޮށް އެގްރީމަންޓުގައި ބަޔާންކުރާގޮތަށް މަސައްކަތްކުރުމަށް މާރިޗުމަހުގެ 19 ވަނަ ދުވަހު އެކުންފުންޏަށް އަންގާ 30 ދުވަހުގެ މުއްދަތެއް ދިންނަމަވެސް އެމުއްދަތުގެ ތެރޭގައިވެސް އެކަންކަން ރަނގަޅުކޮށްފައިނުވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އެހެންކަމުން މައްސަލަތައް ރަނގަޅުކުރުމަށް ދިން މުއްދަތު ހަމަވުމާއި ގުޅިގެން މިމަހުގެ 5 ވަނަ ދުވަހު، އެރަށް އަނބުރާ ސަރުކާރަށް ނެގުމަށް ނިންމާފައިވާކަން ރަށް ކުއްޔަށް ހިފާފައިވާ ސަން ޓްރެވެލްސް ކުންފުންޏަށް އަންގާފައިވާނެކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީގެކުރިންވެސް އެކި ސަރުކާރުތަކުން މިރަށް އަތުލުމުގެ މަސައްކަތްވަނީ ކޮށްފައެވެ. އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތުގެ ބޭރުން އެރަށުގައި ކުރަމުން ގޮސްފައިވަނީ ސަން ޓްރެވެލްސްގެ ކުންފުންޏާއި ގުޅޭ ރިސޯޓުތަކަށް ބޭނުންވާ އެކި އުފެއްދުންތައް އުފެއްދުމުގެ މަސައްކަތެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
