
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް ގްރޭޓާ މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓުތައް ހަދަން މަޝްވަރާ ކުރަމުންދާ ކަމަށް އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ކޮންސަލްޓަންޓް ފާތިމަތު ނަޝްވާ ބަދީއު ވިދާޅުވީ އާންމު ރައްޔިތުންނަށް ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި އަދި ހުޅުމާލޭގެ ދެފިޔަވަހީގައިވެސް ވަގުތީ މާރުކޭޓުތައް ޤާއިމު ކުރުމަށް އެ ވުޒާރާއިން މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
“ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ގްރޭޓާ މާލެ ސަރަހައްދުގައި އަޅުގަނޑުމެން ވަގުތީ މާކެޓުތައްވެސް ހުޅުވުމުގެ މަޝްވަރާތައް މިދަނީ ކުރިޔަށް. އެގޮތުން މަޝްވަރާ ކުރަމުންދާ ތަންތަނަކީ މާލޭގެ ސަރަހައްދުތަކާއި ހުޅުމާލޭގެ ފޭސް 1 އަދި 2.” ނަޝްވާ ވިދާޅުވިއެވެ. މާލޭގެ އިތުރުން އަތޮޅެތެރޭގައި ކާބޯތަކެތީގެ އަގު ހިފެހެއްޓުމަށް އަތޮޅެތެރޭގައި ޤާއިމުކޮށްފައި ހުންނަ 13 ފިހާރައެއްގެ ސްޓޮކް ބަލައި ރަމަޟާން މަހަށް ބޭނުންވާ ވަރަށް ސްޓޮކް ހުރިތޯވެސް އެ ވުޒާރައިން ދަނީ ބަލަމުންނެވެ. އަދި އެއްވެސް ބާވަތެއް މަދުވާ ހާލަތެއްގައި އެމްޓީސީސީ މެދުވެރިކޮށް ވީހާވެސް އަވަހަކަށް އެ ބާވަތެއް އެރަށަކަށް ފޯރުކޮށްދެވޭނެ ކަމަށް ނަޝްވާ ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ކާބޯތަކެތީގެ އަގު ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންނާނެ ފަދަ އޮންލައިން ޕްލެޓް ފޯމެއް ޑިވެލޮޕް ކުރުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ. ރޯދަ މަހަށް އަސާސީ ކާބޯތަކެތި އަވަހަށް ކްލިއާކުރުމަށް އެމްޕީއެލް، ކަސްޓަމްސްގެ އިތުރުން އެއާޕޯޓް ކާގޯ އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންއާ އެކު އެ ވުޒާރާއިން މަޝްވަރާކުރަމުން ދެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
