
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ އަސާސީ ކާބޯތަކެތީގެ އަގު ރަމަޟާން މަހާއި ދިމާކޮށް ބޮޑުކުރި ނަމަ އާންމުންނަށްވެސް އެ ވުޒާރާއަށް ރިޕޯޓް ކުރެވޭ ގޮތް ހަދާނެ ކަމަށް އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާގެ ކޮންސަލްޓަންޓް ފާތިމަތު ނަޝްވާ ބަދީއު ވިދާޅުވީ އަސާސީ ބާވަތްތަކުގެ އަގު ބޮޑުވޭތޯ ތިން ކެޓަގަރީއަކުން މޮނީޓާ ކުރަމުންދާ ކަމަށެވެ. އެގޮތުން ގޭބިސީތަކުގައި ކެއުމަށާއި، ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ އަސާސީ ތަކެތީގެ ތެރެއިން 93 އައިޓަމްގެ އިތުރުން މޭވާ އާއި ތަރުކާރީގެ 38 އައިޓަމް އަދި ކަނޑުމަހުގެ ބާވަތްތަކުން 10 އައިޓަމް ( މުޅި ޖުމްލަ 141 އައިޓަމް) މޮނީޓާ ކުރެވޭނެއެވެ.
މި އައިޓަމްތައް މޮނީޓާ ކުރުމަށް އެ ހޭ ވުޒާރާގެ އިންސްޕެކްޝަން ޓީމުން މާލެ އާއި އަތޮޅުތެރޭ ފިހާރަތަކާއި ލޯކަލް މާރުކޭޓުތަކުން މައުލޫމާތު ނަގާނެއެވެ. މިގޮތަށް ބަލާބެލުމުގައި އަސާސީ ތަކެތީގެ އަގު ބޮޑުވެއްޖެނަމަ “އަސާސީ ބާވަތްތައް ކަނޑައެޅުމާއި، އަގު މޮނީޓާ ކުރުމާއި މޭކެޓް އިންޓަވެންޝަންގައި މިނިސްޓްރީން އަމަލުކުރާނެ ގޮތުގެ އުސޫލު”ގެ ދަށުން އިންޓަވީން ކުރާނެ ކަމަށްވެސް އެ ނަޝްވާ ވަނީ ވިދާޅުވެފައެވެ.
އަސާސީ ތަކެތީގެ އަގުތައް ދެމެހެއްޓުމަށް ކުރުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ މެދުވެރިކޮށެވެ.
އަސާސީ ކާބޯތަކެތި ކަނޑައަލާފައިވާ މިންގަނޑުތަކަކީ:
- ވާލްޑް ހެލްތު އޮގަނައިޒޭޝަން، ޔުނިސެފް އަދި ޔޫއެންއެފްޕީއޭއިން “އަސާސީ ބާވަތް” ކަމުގައި ބަލާ މިންގަނޑު
- ދިވެހިރާއްޖޭގެ ކޮންޒިއުމާ ޕްރައިސް އިންޑެކްސްގައި ހިމެނޭ ކާބޯތަކެތި
- އިމްޕޯޓް ޑޭޓާ އަދި ކޮންސަމްޕްޝަން ޑޭޓާ
- އާންމު ރައްޔިތުންގެ ދިރިއުޅުމާ ގުޅުންހުރި އަދި ގޭބިސީތަކުގައި ގިނައިން ބޭނުންކުރާ ތަކެއްޗަށާއި އެފަރާތްތަކުގެ ދުޅަހެޔޮ ކަމުގެ ބާވަތްތައް
މިދިޔަ އަހަރު މާކެޓުގައި ފިޔާގެ އަގު ބޮޑުވެގެން ދިޔަކަން ފާހަގަކުރައްވަމުން ނަޝްވާ ވިދާޅުވީ އޭރުވެސް އަގުތައް މައްޗަށް އަރަން ފެށުމުން ބާޒާރުގައި ފިޔާގެ އަގު އިތުރަށް މައްޗަށް ދިޔަނުދީ ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ފިޔާގެ އިތުރު ސްޓޮކެއް ގެނެސް އަގުތައް ހިފެހެއްޓުނު ކަމަށެވެ. “އޮން އަ ޑެއިލީ ބޭސެސް އަޅުގަނޑުމެން މޮނީޓާ ކުރަމުން ގެންދާއިރު، އަޅުގަނޑުމެންގެ އިންޓަވެންޝަންވެސް ފުދޭވަރަކަށް އިމީޑިއޭޓްވާނެ. އެހެންވީމާ އަގަށް ކުރާ އަސަރަށް ފުދޭ ވަރަކަށް އަވަހަށް މާކެޓުގައި އެ އެއްޗެހި ފެންނަން ފައްޓާނެ.” ނަޝްވާ ވިދާޅުވިއެވެ. ހަމައެއާއެކު އަސާސީ ކާބޯތަކެއްޗެއްގެ އަގު ބޮޑުުވެއްޖެނަމަ، އެީ ކީއްވެ އަދި ކިހިނެއްވާ ކަމެއްތޯ ބަލައި އެއްވެސް ސަބަބެއް ނެތި އަގުބޮޑުކުރި ނަމަ އެ ވުޒާރާއިން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށާއި އަސާސީ ކާބޯތަކެތީގެ އަގު ބޮޑު ނަމަ އާންމު ރައްޔިތުންނަށްވެސް ރިޕޯޓް ކުރެވޭނެ ކަމަށްވެސް ނަޝްވާ ވަނީ ވިދާޅުވެފައެވެ.
“ރަމަޟާން މަހަށް ހާއްސަކޮށް އަޅުގަނޑުމެން އިންޓްރޮޑިއުސް އެބަކުރަން ސިސްޓަމްއެއް. އެ ސިސްޓަމް މެދުވެރިކޮށް އަޅުގަނޑުމެންގެ އިންސްޕެކްޝަން ޓީމް އެކަންޏެއް ނޫން އާންމު ރައްޔިތުންނަށްވެސް އަޅުގަނޑުމެންނަށް ރިޕޯޓް ކުރެވޭނެ އަސާސީ ކާބޯތަކެތީގެ އަގު ބޮޑުވެއްޖެނަމަ.” ނަޝްވާ ވިދާޅުވިއެވެ. މިއަހަރު ރާއްޖޭގެ ބާޒާރުގައި ކާށި އަދި ލުނބޯގެ ސަޕްލައި މަދުވުމާއި ގުޅިގެން އަގު ބޮޑުވުމުން އެސްޓީއޯއިން މި ދެ ބާވަތުގެ ޝިޕްމަންޓުތައް ގެނެސްފައިވާކަން އެ ވުޒާރާއިން ފާހަގަކުރިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
