
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ކާޑެއްދޫ އެއާޕޯޓްގެ ރަންވޭ ދިގުކޮށް، އެތަން މަރާމާތުކޮށް، އެ އެއާޕޯޓް އިންޓަނޭޝަލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެއާޕޯޓް ހިންގަމުންދާ ވިލާ ގްރޫޕްގެ ޗެއާމަން އަދި މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ކާޑެއްދޫ އެއާޕޯޓްގެ ފެންވަރު ދުވަހުން ދުވަހަކަށް ދަށަށްދަމުންދާ ކަމަށް ވިދާޅުވެ އެކަމާއި މެދު ސުވާކުކުރުމަށް ވިލާ ގްރޫޕްގެ ބޭފުޅުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީގެ އިގްތިސޯދީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެ އެއާޕޯޓްގެ މަސައްކަތް ވިލާ ގްރޫޕުން ކުރަމުންދަނީ ޓްރާސްޕޯޓް މިނިސްޓްރީއާއިއެކު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ރާއްޖޭގެ އެއާޕޯޓްތައް ހިންގަމުން އަންނައިރު އެތަންތަނަށް ދައުލަތުން ވަރަށް ބޮޑެތި ހަރަދުތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ. ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި އެހެން އެއާޕޯޓްތަކީ ވަރަށް ބޮޑެތި ގެއްލުންވަމުންދާ ތަންތަން ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
އެގޮތަށް ކާޑެއްދޫ އެއާޕޯޓް ވެސް ވަރަށް ބޮޑު ގެއްލުމެއްގައި ހިންގަމުންދާ ކަމަށް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ހަގީގަތަކީ އެއާޕޯޓުން ފައިދާގެ ގޮތުގައި ލިބެނީ ވަރަށް ކުޑައެއްޗެއް ކަމަށެވެ. ލިބޭ އެއްޗެއްގެ ދެބައި ކުޅަ އެއްބައި އޮންނަނީ ޕެންޑިންގައި ކަމަށާއި އެ ނުލިބުމުގެ ސަބަބުން ކޮންމެ މަހަކު މިލިއަނެއްހާ ރުފިޔާ ހަރަދުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
“ޓްރާންސްޕޯޓް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީއާއިއެކު ވަރަށް ރަނގަޅު ގުޅުމެއް އޮވެގެން ކުރިއަށް މި ދަނީ. ޓްރާންސްޕޯޓް މިނިސްޓަރު ވެސް ގުޅުއްވާ ވާހަކަދައްކަވާ. ރައީސް ވެސް ވިދާޅުވި އެ އެއާޕޯޓް އިންޓަނޭޝަލް އެއާޕޯޓަކަށް ބަދަލުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް. އެގޮތަށް މަސައްކަތް ކުރަމުންދަނީ އެކަމު ކުންފުނީގެ ހާލަތާއި ދުނިޔޭގެ މަޝްހަރުގައި އައިސްފައިވާ ބަދަލުތަކާއި ކްރެޑިޓް ރޭޝިޔޯއަށް ބަލާއިރު އެފަދަ ބޮޑު ޕްރޮޖެކްޓަކަށް ފައިނޭންސް ކުރުމުގައި ބޮޑެތި ދަތިތަކެއް އެބަހުރި. އެހެންވެ މި މަސައްކަތް ލަސްވަނީ.” ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ވިލާ ގްރޫޕްގެ ޕްލޭންގައި ވަނީ އެ އެއާޕޯޓް އިންޓަނޭޝަލް ކުރުމުގެ މަސައްކަތް ކުރާގޮތަށް ކަމަށެވެ. އެކަމު ސަރުކާރުން އެކަން އެހެން ގޮތަކަށް ކުރަން ބޭނުންވަންޏާ އެ ކުންފުންޏަށް ގެއްލުން ނުވާނެހެން އެތަން ދޫކޮށްލުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ވިދާޅުވިއެވެ.
“އަޅުގަނޑު ގަބޫލްކުރާ ގޮތުގައި އެތަން އަބަދުވެސް ތަރައްގީ ކުރަން ޖެހޭ. އިގްތިސޯދީގޮތުން ބަލާއިރު ތަނެއް ތަރައްގީ ކުރަން ޖެހޭނީ އެތަނުން ލިބޭ އެއްޗަކުން ސަސްޓޭނަބަލްް ކަންކަން ކުރެވޭނެ ގޮތްތަކެއް ބަލައިގެން. އަޅުގަނޑުމެން މި ތިބީ ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމުގެ ވިސްނުމުގައި އެތަން މަރާމާތުކޮށް އިތުރަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާގޮތަށް. އެންމެ ކުޑަވެގެން 2400 މީޓަރަށް ނުވަތަ 2.8 މީޓަރުގެ ދިގުމިނަށް ރަންވޭ ހެދުމަށް، ހިއްކައިގެން ވިޔަސް. އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ.” ގާސިމް ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރުން ވިލާ ކުންފުނީގެ އަތުން އެތަން އިރުއިރުކޮޅާ އަތުލައި ގޯނާ ކުރާނަމަ އެކަން ކުރާނީ ކިހިނެތްތޯ ގާސިމް ވިދާޅުވިއެވެ. ކުރީގައި ވެސް އެކަން ނުކުރެވުނީ އެހެންވެ ކަމަށާއި ކުރިން ވެސް އިންވެސްޓަރުން އައިސްފައި ހުރިހާކަމެއް ނިންމާފައި އޮއްވާ ސަރުކާރުން އެއާޕޯޓް އެ ކުންފުނީގެ އަތުން ދަމައިގަތީ ކަމަށް ވިދާޅުވިއެވެ. އަދި ސިފައިން އަރައިގެން ވިލާގެ މުވައްޒަފުން އެތަނުން ބޭލީ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަށް ދައުވާ ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެކަން ބާއްވާފައި އަނެއްކާ ވެސް ވިލާއިން ބޭނުންވީ ސަރުކާރުން އަލުން އެއާޕޯޓް ހަވާލުކުރުމުން އެތަން ތަރައްގީކުރުމަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
