
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދުރު މަންޒިލްތަކަށް ދަތުރުތައް ކުރަން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އޭ330-200ގައި ދިވެހި ހައްޖުވެރިން، ގެއްދިއުމަށް ހައްޖު ކޯޕަރޭޝަނާއި އައިލެންޑް އޭވިއޭޝަން އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. އަދި މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސްއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވީ، ހައްޖުވެރިން ސައުދީއަށް ހައްޖުގެ އަޅުކަމަށް ދާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި ދިވެހި ގައުމީ އެއާލައިންގައި ކޮންމެ އަހަރަކުވެސް ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރާނެ ކަން ޔަގީން ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ރާއްޖެ އާއި ސައުދީއާ ދެމެދުގައި ހައްޖުގެ އިންތިޒާމްތަކުގައި އޮންނަ އެގްރީމެންޓްގައި ބަޔާންވެފައިވާގޮތުން، ކޮންމެ އަހަރަކުވެސް ގައުމީ އެއާލައިންގައި އެ ގައުމަކަށް ލިބިފައި އޮންނަ %50 އުފުލަން ޖެހޭނެ ކޮންމެ ގައުމަކުންވެސް، އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެ ނަސީބު ނުލިބި މިދިޔައީ ގިނަ އަހަރުތަކެއް،”. ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އަމިއްލަ ގައުމީ އެއާލައިން ތެރޭގައި ބޮޑެތި ބޯޓު ފަހަރުގެ ދަތުރުތައް ފަށާފައިވާ ކަމަށެވެ.
“އެހެންކަމުން ރާއްޖޭގެ ހައްޖުވެރިން، ސައުދި އަރަބިއްޔާއަށް ދާއިރުގައި ދަތުރު ކުރުމަށް، ރާއްޖޭގެ ގައުމީ އަމިއްލަ އެއާލައިން ހަމަޖެހިގެން ދާ ކަމީ އަޅުގަނޑުމެން މި ފުރުސަތުގައި މިކަމާއި އުފާކޮށް ރައީސަށް ވަރަށް އިހުލާސްތެރިކަމާއި އެކުގައި ޝުކުރު އަދާ ކުރާ ކަމެއް،”. އޭނާ ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުތަކުގައި ރާއްޖެއަށް އެ ފުރުސަތު ނެތުމުން، ބޭރުގެ އެއާލައިންތަކުގައި ޗާޓަރ ކޮށްގެން ދަތުރުތައް ކުރަމުން ގޮސްފައިވާ ކަމަށެވެ.
“އަޅުގަނޑުމެންގެ މުސްތަގުބަލުގެ އަމާޒަކީ ހަމަ ރާއްޖޭގެ ހައްޖުވެރިންގެ %100 ރާއްޖޭގެ ގައުމީ އެއާލައިންގައި އުފުލުން، މި އަހަރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ %50 ހައްޖުވެރިން ގައުމީ އެއާލައިންގައި ދަތުރު ކުރުމަށް.”. ވަޒީރު ވިދާޅުވިއެވެ. ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ހައްޖުގެ މަތިވެރި އަޅުކަމަށް ދާ ހައްޖުވެރިންގެ މޯލްޑިވިއަންގެ ފްލައިޓްތައް މެދުވެރިކޮށް ވައިގެ ދަތުރުތައް ކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އޭރުން ދަތުރުފަތުރު ކުރުމުގައި ދިވެހިންނަށް ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ދަނީ ހައްޖަށާއި އުމުރާއަށްދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ރޯދަމަހު އުމްރާއަށްދާ ފަރާތްތަކުގެ ކާޑު ލިމިޓް 1500 އަށް ސަރުކާރުގެ އެންގުމުގެ މަތިން ބީއެމްއެލްއިން ވަނީ އިތުރުކޮށްފައެވެ. މީގެ ސަބަބުން ހައްޖަށް ގޮސް އުޅޭ ފަރާތްތަކަށް ވިޔަފާރިކޮށް އުޅުމުގައި ބޮޑު ފަސޭހައެއް ވާނެއެވެ. މޯލްޑިވިއަން އިން އޭ330-200ގެ ފުރަތަމަ ރާއްޖެ ގެނެސްފައި ވަނީ މިދިޔަ މަހެވެ. އެ ބޯޓުން ދަނީ ޗައިނާގެ ސިޓީތަކަށް ދަތުރު ކުރަމުންނެވެ.
ސަރުކާރުން މިހާރު ނިންމަފައި ވަނީ އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު ގައި ގެނައުމަށެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
