
އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އަތުން ލިވަޕޫލް އުނދަގޫ މޮޅެއް ހޯދިއިރު، ޓޮޓެންހަމް އަތުން ބަލިވެ މެންޗެސްޓަރ ޔުނައިޓެޑް އުނދަގޫ ހާލަތަކަށް ވެއްޓިއްޖެއެވެ. ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން 2-1 އިން ވުލްވްސް އަތުން މޮޅުވުމާއިއެކު އެޓީމަށް ލިބިފައިވާ ލީޑް ވަނީ ހަތް ޕޮއިންޓަށް ފުޅާވެފައެވެ. ދެވަނައިގައި އޮތީ އާސެނަލް އެވެ.
ވުލްވްސް އަތުން މޮޅުވި މެޗުގައި ލިވަޕޫލްގެ ގޯލްތައް ޖަހައިދިނީ ލުއިސް ޑީއާޒް އާއި މުހައްމަދު ސަލާހު އެވެ. ސަލާހު ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. ފުރަތަމަ ހާފުގައި ދެ ގޯލު ޖެހި ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލަށް އެންމެ ހަމަލާއެއްވެސް ވުލްވްސްގެ ގޯލަށް އަމާޒުކޮށްނުލެވުނެވެ. އަނެއްކޮޅުން ވުލްވްސްއިން މިހާފުގައި މޮޅަށް ކުޅޭ ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މެތަޔަސް ކުންހާގެ ގޯލުން އެޓީމަށް ފަރަގު ކުޑަކުރެވުުނު ނަމަވެސް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
ރޭ މެންޗެސްޓަރ ޔުނައިޓެޑް ޓޮޓެންހަމް އަތުން ބަލިވީ 1-0ގެ ހަނި ތަފާތަކުންނެވެ. ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ގޯލު ޖަހައިދިނީ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރެފައި އެނބުރިއައި މިޑްފިލްޑަރު ޖޭމްސް މެޑިސަންއެވެ. މިއީ އެޓީމްގެ ލޫކަސް ބާގްވާލް ފޮނުވާލި ހަމަލާއެއް ކީޕަރު އަންދްރޭ އޮނާނާ އަތުގައި ޖެހިފައި ނިކުތް ވަގުތު އެ ބޯޅަށް ގޯލަށް ވައްދާލައިގެން މެޑިސަން ޖެހި ގޯލެކެވެ. މެޗުގައި ޔުނައިޓެޑުން ނުރައްކާތެރި ހަ ހަމަލާއެއް ފޮނުވާލިނަމަވެސް އަނިޔާއިން އެނބުރިއައިސް މި މެޗުގައި ކުޅުނު ގޯލްކީޕަރު ވިކާރިއޯ ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ.
ރޭގެ މޮޅާއިއެކު ޓޮޓެންހަމް ލީގުގެ 12 ވަނައަށް ކުރިއަށްޖެހިލިއިރު، ޔުނައިޓެޑްވަނީ ލީގުގެ 15 ވަނައަށް ވެއްޓިފައެވެ. މިއީ މިދިޔަ 51 އަހަރުގެ ތެރޭގައި ޕްރިމިއަރ ލީގުގެ 15 ވަނައަށް ނުވަތަ އެއަށްވުރެ ދަށަށް ޔުނައިޓެޑް ވެއްޓުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ކޯޗު ރުބެން އަމޮރިމް ޔުނައިޓެޑަށް އިރުޝާދުދިން 14 ވަނަ މެޗުގެ ތެރެއިން އެ ޓީމް ބަލިވި އަށްވަނަ މެޗެވެ. ރޭގެ މެޗަކީ މި ސީޒަންގައި ޓޮޓެންހަމް އަތުން ޔުނައިޓެޑް ބަލިވި ތިންވަނަ މެޗެވެ. ލީގުގައި މިދިޔަ ސެޕްޓެމްބަރު މަހު 3-0 އިން ޓޮޓެންހަމް އަތުން ޔުނައިޓެޑް ބަލިވިއިރު، މިދިޔަ ޑިސެމްބަރު މަހު ލީގު ކަޕްގައިވެސް ޔުނައިޓެޑް ވަނީ ޓޮޓެންހަމް އަތުން ބަލިވެފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
