
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާމިޔާބީ ދަތުރުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑު ކަމަށް އެ ބޭންކްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އައްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް ބެހެއްޓުން ފާހަގަކުރުމަށް މިރޭ ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ މިއީ ހަމައެކަނި އައު ޚިދުމަތެއް ތައާރަފް ކުރުން ނޫން ކަމަށާއި މިއީ އައްޑޫ ސިޓީއާއި މި ސިޓީގެ ރައްޔިތުންނާ އޮތް ދުވަސްވީ ގުޅުމުގެ ލާމަސީލު ރަމްޒެއް ކަމަށެވެ. އަދި އެ ބޭންކްގެ ކާމިޔާބީ ދަތުރުގައި އައްޑޫއަކީ ހާއްސަ މަގާމެއް ލިބިފައިވާ ތަނެއް ކަމަށް ވިދާޅުވިއެވެ.
“އަތޮޅުތަކުގައި އަޅުގަނޑުމެންގެ ފުރަތަމަ ގޮފި ހުޅުވީ އައްޑޫގައި. މިއަދު އައްޑޫ ސިޓީއަކީ 3 ބްރާންޗާއި 9 އޭޓީ.އޭމް އާއި ކޮންޓެކްޓް ސެންޓަރާއި އެކު މާލެ ފިޔަވައި ބީއެމްއެލްގެ އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ތަންވެސްމެ،”. އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ދިނުމުގެ ގޮތުން ގެދޮރު ގަތުމާއި، ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ދޫކުރާ ފައިނޭންސް އަށް މިދިޔަ ހަފްތާގައި ހެޔޮ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. މިގޮތުން ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސް އިން މިހާރު ފްލެޓާއި އެފާޓްމަންޓްގެ އިތުރުންބިން ގަނޭވެނެ ކަމަށް ވިދާޅުވިއެވެ. އަދި މިގޮތުން އެޕާޓްމެންޓް ނުވަތަ ބިމުގެ އަގު 3 މިލިއަންއަށްވުރެ ބޮޑުނުވާނަމަ އަމިއްލައަށް އިންވެސްޓްކުރަންޖެހޭ އަދަދު %10 އަށް ދަށްކުރެވިފައވާ ކަމަށާއި، ބާކީ %90 ބޭންކުން ހަމަޖެހޭނެ. ބިމުގެ އިތުރުން ގަރާޖާއި ޕާކިން ސްޕޭސް ގަތުމަށްވެސް މި ފައިނޭންސިންގ ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 25 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން އަނބުރާ ދެއްކުމުގެ ފަސޭހަކަންވެސް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
“އަނެއް މުހިންމު ބަދަލަކީ ގެދޮރު ޢިމާރާތް ކުރުމަށް އިތުރު ރަހުނަކާއި ނުލައި ދޫކުރާ ފައިނޭންސިންގ އަދަދު 2 މިލިއަން ރުފިޔާއަށް އިތުރުކުރުމާއި އެކުލޯނުޝަރުތުތައް ލުއިކުރުން. މިގޮތުން ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތުވެސް ވަނީ 15 އަހަރުން 20 އަހަރަށް އިތުރުކޮށްފައި. އަދި މީގެ އިތުރުން ގެދޮރު އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫޢުތަކަށް ދޫކުރާ ފައިނޭންސިންގ މިހާރު 45 މިލިއަން ރުފިޔާއާ ހަމަޔަށް ލިބޭނެ. ވިޔަފާރީގެ އުސޫލުން ޢިމާރާތް ކުރުމަށްނަގާ ރިއަލް އެސްޓޭޓް ފައިނޭންސިންގއަށްވެސް އަމިއްލައަށް އިންވެސްޓް ކުރަންޖެހޭ ޢަދަދު 20% އަށް ވަނީ ކުޑަކުރެވިފައި. އަދި ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު މިވަނީ 20 އަހަރަށް ދިގުކުރެވިފައި،”. އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގެނެވިފައިވާ ބަދަލުތަކުގެ ތެރެއިން މިސިޓީއަށް އެންމެ މުހިންމު އެއް ބަދަލު ކަމަށެވެ. އެއީ ގެސްޓް ހައުސް ފައިނޭންސިންގ އަށް ގެނެވުނު ބަދަލުތައް ކަމަށާއި، ކަސްޓަމަރުންނަށް ކުރިން ދިމާވާ އެންމެ ބޮޑު ދައްޗަކީ، މިފަދަ ލޯނަކަށް އެދި ހުށަހަޅާއިރު އިތުރު އިމާރާތާއި ގޯތި ރަހުނުކުރަން ޖެހުން ކަމަށްވެސް ވިދާޅުވިއެވެ. “މިހާރު މިގެނެވުނު ބަދަލާއިއެކު ޢިމާރާތްކުރާ ގެސްޓްހައުސް މޯގޭޖް ކުރުމަށްފަހު އިތުރު ރަހުނަކާއި ނުލައި އެ ޕްރޮޖެކްޓްގެ %70 އާއި ހަމަޔަށް ފައިނޭންސިންގ ހަމަޖެހިގެންދާނެ. މިގޮތުން ކައުންސިލްއިން ކުއްޔަށްދީފައިވާ ބިންތަކުގައިވެސް ގެސްޓްހައުސް އެޅުމަށް ލޯނު ނެގިދާނެ،”. އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އާންމު ވިޔަފާރިތަކަށް އެހީތެރިވުމަށް ވަރކިންގ ކެޕިޓަލް ފައިނޭންސިންގް ވެސް ހުޅުވާލާފައިވާ ކަމަށާއި، އަދި ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައްވެސް ލުއިކޮށްފައިވާ ކަމަށެވެ. އަދި މި ބަދަލުތަކުގެ ތެރެއިން ބައެއް ބަދަލުތައް ފަރުމާކޮށްފައިވަނީ ހާއްސަކޮށް އައްޑޫ ސިޓީ ފަދަ ސިޓީތަކުގައި، ގެދޮރުވެރިކަން ހޯދުމަށް އެހީތެރިވުމަށާއި ގެސްޓްހައުސް ޢިމާރާޓްކުރުމަށާއި ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެފަދަ ގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
“ޔޫއެސްޑީ އޭޓީއެމް ޚިދުމަތް ތަޢާރަފުކުރުމާއެކު، އަޅުގަނޑުމެން އަނެއްކާވެސް މިވަނީ އައްޑޫ ރައްޔިތުންނަށް ޚިދުމަތްކުރުމަށް އިތުރު ފިޔަވަޅެއް އަޅާފައި. މި ޚިދުމަތާއެކު ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތަކުން ބޭރުގައިވެސް ޔޫއެސްޑީގެ މުާމަލާތްތައް ކުރެވޭނެ. މިއީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ހިދުމަތެއް. މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމާއި، އަދި ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ ސަރުކާރުގެ އެހީތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ހިންގޭ ޕްރޮޖެކްޓެއް. އެހެންކަމުން ބީއެމއެލް ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ފަސޭހަކޮށްދިނުމަށް ދެއްވާ އިރުޝާދަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވަރަށް އިޚުލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަން،”. އޭނާ ވިދާޅުވިއެވެ.
އަދި އެ ބޭންކް އިން ތައާރަފުކުރާ ކޮންމެ ހިދުމަތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެއް މަގްސަދަކަށްޓަކައި ކުރާ ކަމެއް ކަމަށާއި އެއީ ރައްޔިތުންނަށް އިތުރަށް ހިދުމަތް ކުރުމާއި ތަރައްގީ އަށް އެހީވެދިނުން ކަމަށްވެސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
