
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުރިއަށް އޮތް ރަމަޟާން މަހު މަޖިލިހުގެ ޖަލްސާތައް ނުބާއްވައި ޗުއްޓީއަށް ދިއުމަށް ނިންމި ނިންމުން ބަދަލުކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ. ރަމަޟާން މަހު މަޖިލިހުގެ ޖަލްސާތައް ނުބާއްވަން ނިންމީ ޖަލްސާއަށް ހޭދަވާ ވަގުތު ކުޑަވުމުންނެވެ. އަދި ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމަކީ ވެސް ޖަލްސާތައް ނުބާއްވަން ނިންމި އެއް ސަބަބެވެ. ރޯދަމަހު މަޖިލިސް ޗުއްޓީ އަށް ދިއުމަށާއި އަދި ކޮންމެ އަހަރެއްގެ ވެސް މަޖިލީހުގެ ފުރަތަމަ ދައުރު ޖެނުއަރީ މަހު ފަށާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރަން މަޖިލީހުގެ އާންމު ކޮމިޓީން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފައެވެ.
މިއީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅުއްވި އިސްލާހެކެވެ. މަޖިލީހުގެ އާންމު ކޮމިޓީން އެގޮތަށް ފާސްކުރީ ޕީއެންސީ މެމްބަރުންގެ ވޯޓުންނެވެ. އެކަމަކު، އެމްޑީޕީގެ މެމްބަރުން އެކަމާ ދެކޮޅެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ 1 އިން ފެށިގެން މެއި 15 ގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށެވެ.
އަދި ތިން ވަނަ ދައުރު ހިނގާނީ 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
