
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިމްޕޯޓު ޑިއުޓީ ދަށްވުމާއި ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުމެއް ނެތް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މިހެން ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން އަހާ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ޗައިނާއިން ޑިއުޓީ މަޢާފުވެގެންދާއިރު، ކަނޑައެޅިފައިވާ މުދާތަކުން ޗައިނާއިން ރާއްޖެ އެތެރެކުރާ މުދާތަކުންވެސް ޑިއުޓީ މަޢާފުވެއެވެ.
މިއެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން މަހަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، ރާއްޖެއަށް ލިބޭ އާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ ދަށްވުމުގެ ކަންބޮޑުވުން ބައެއް ފަރާތަކުން ދަނީ ފާޅުކުރުމަންނެވެ. އަދި އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ ދަށްވުމާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުވައިގެން ވާހަކަދެކެވޭތީ ވަޒީރު ސަޢީދުވަނީ މިކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
ވަޒީރު ސަޢީދު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ޗައިނާއިން 1 ބިލިޔަން ރުފިޔާގެ މުދާ ރައްޖެއަށް އެތެރެކޮށްފައިވާކަމަށެވެ. “މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް 1 ބިލިއަން ރުފިޔާގެ މުދާ ޗައިނާއިން އެތެރެކޮށްފައިވޭ. މީގެ ސީއައިއެފް ވެލިއު އަކީ 34 މިލިޔަން ރުފިޔާ. އޭގެތެރެއިން އެފްޓީއޭގެ ލުއި ލިބިފައިވަނީ 2.3 މިލިޔަން ރުފިޔާ. އެއީ ޖުމްލަ އިމްޕޯޓުގެ 1 އިންސަންތަ. އެހެންވީމަ [ޑިއުޓީ ދަށްވުމާއި] އެފްޓީއޭއަކާއި ގުޅުމެއް ނެތް.” ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މިއެއްބަސްވުމުގެ ފައިދާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މިފަދަ އެއްބަސްވުންތައް އެކުލަވާލާ ޢަމަލުކުރުމުގައި ރާއްޖެއާއި ބޮޑެތި ޤައުމުތަކުގެ ވިސްނުން ތަފާތުވާނެކަމަށެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވާއިރު މިފަދަ އެއްބަސްވުންތަކުގެ ސަބަބުން މީގެ އެންމެ ބޮޑު ފައިދާއެއް ވާނީ ރައްޔިތުންނަށްކަމަށްވެސް ވިދާޅުވިއެވެ. “ރާއްޖެއަކީ އިމްޕޯޓް ޑިޕެންޑެންޓް ޤައުމެއް. ރާއްޖެއަށް ބޭނުންވާ މުދާ ރާއްޖެއަށް ފަހި ގޮތަކަށް ގެނެވުމުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ފައިދާވާނެ. އެ މުދާ ބޭނުން ކުރާ އާންމު ރައްޔިތުންނަށް ފައިދާވާނެ. އެއަކަށް ބޮޑު ޓެރިފް ރޭޓްތަކެއް ބޮޑު ބޭންޑުތަކެއް ގެނައުމެއް ބޭނުމެއް ނޫން.” އިޤްތިޞާދީ ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވިޔަފާރިތަކަށް ލުއިކޮށްދީ ތަކެތީގެ އަގު ހިފެހެއްޓުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެންމެ އަސާސީ އެއް ވިސްނުންކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. މިއާއެކު މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނި މެދުވެރިކޮށް، އެ މަސައްކަތް މިހާރު ކުރިއަށްގެންދާކަން އިޤްތިޞާދީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
