
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސަޤާފީ ފަތުރުވެރިކަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މިހާރު ކުރިއަރަމުން އަންނަ ސެގްމެންޓެއްކަމަށާއި، މިކަން ކުރިއެރުވުމަށް ރަށު ކައުންސިލްތަކަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ “އަހާ”ގެ 4 ވަނަ ފޯރަމުގައި ފަތުރުވެރިކަމުގެ ދައިރާއާއި ގުޅޭގޮތުން ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. ސަރުކާރުން މި ސިނާޢަތް ތަރައްޤީކޮށް ކަނޑައެޅިފައިވާ އަމާޒުތައް ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާއިރު ރަށްރަށުގައިއާއި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ދާދި ފަހުން ސަރުކާރުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ އެއްކޮށްލާފައިވާއިރު، މި ދެ ދާއިރާއަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ދައިރާކަމަށް އެ ވުޒާރާއާއި ހަވާލުވެވަޑެންނެވި ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އަހާ ފޯރަމުގެ ތެރެއިން މިކަމާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޠާރިޤު ވަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 65 އިންސައްތަ ފަތުރުވެރިން ރާއްޖެ އަންނަނީ ރާއްޖޭގެ ޤުދުރަތީ ވެށީގެ ރީތިކަން ބަލާލާ ތަޖުރިބާކުރަކަން ފާހަގަކުރައްވާފައެވެ. އަދި މި ދެ ދާއިރާ ގުޅިގެން ދިއުމުން ވެށި ރައްކާކުރެވި ދެމެހެއްޓެނި ފަތުރުވެރިކަމުގެ އަމާޒަށް ދިއުމަށް ފަސޭހަވެގެންދާނެ ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވަމުން އައިސް ރަށްރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދުވެސް އިތުރުވަމުންދާކަމަށް ވިދާޅުވިއެވެ. އަދި މިފަހުން ބޭއްވި ރަށު އެކްސްޕޯގެ ތެރެއިން ރަށް، ޕްރޮމޯޓް ކުރުމަށް ކުރެވުނު މަސައްކަތްތަކުން އެކަން ފެނިގެން ދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޓްރެވެލް ގަައިޒް)
މި އެކްސްޕޯގެ ތެރެއިން ރަށުގެ ތާރީޙާއި ސަޤާފަތުގެ ވާހަކަތައް ކިޔައިދީ ރަށުގެ ޚާއްސަ ކަންކަން ޒިޔާރާތްކުރި ފަރާތްތަކަށް ކިޔައިދީފައިވެއެވެ. “މިކަންކަން ކުރެވިއްޖެނަމަ އެ ރަށެއްގައި ނުވަތަ ޒޯނެއްގައި ޓުއަރިޒަމް އާލާ ކުރެވިގެންދާނެ. މިކަންތައް ކުރަން އަޅުގަނޑުމެން އެއްބާރުލުން ދޭނަން. އަޅުގަނޑު ދަންނަވާނީ ވަރަށް މުހިންމު ކަމެކޭ އެރަށެއްގެ ހުންނަ ކަންކަން ކިޔައިދީ ސަޤާފަތް ދަމަހައްޓާ އާލާ ކުރުމަކީ އެގޮތަށް ކުރެވިއްޖެއިއްޔާ އެ ރަށެއްގެ ލޯކަލް ޓުއަރިޒަމް ކުރިއަރައިގެންދާނެ. އެކަން ކުރުމަށް ސަރުކާރުން އިރާދަ ކުރެއްވިއްޔާ މަސައްކަތް ކުރާނެ” ވަޒީރު ތޯރިޤު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ވަޒީރު ވަނީ ސަރުކާރުން އެ ރަށެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން ފަތުރުވެރިކަމަށް ޚާއްސަ ކުރެވޭ ސަރަހައްދުތަކުގެ އަސާސީ ޚިދުމަތްތައް ޤާއިމްކޮށްދިނުމާއެކު، ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކަށްވެސް ލުއިފަސޭހަތަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. “ހުރިހާ ރަށެއްގައި ގެސްޓު ހައުސް ހެދުމަށްކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްދޭނަން. އަތޮޅުތަކުގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް އަލާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދެއްވާ.” ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަތުރުވެރިކަމުގެ މަންފާ ލިބޭގޮތަށް ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، އެމްއެމްޕީއާރްސީ މެދުވެރިވެ ވަކި ރަށްތައް ޕްރޮމޯޓް ކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެއަރތަކުގައި ކައުންސިލްތައް ދަނީ ބައިވެރިކުރަމުންނެވެ. ސަރުކާރުގެ މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
