
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މަނާ ތަނެއްގައި ސިނގިރެޓް ބުއިމުން 3،000ރ. އިން ޖޫރިމަނާ ކުރަން ފަށައިފިއެެވެ. ސިއްހީ ވުޒާރާއިން އާއްމުކޮށްފައިވާ ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދުގައިވާ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ކަނޑައަޅާފައި ވެއެވެ.
މިގޮތުން މިސްކިތްތަކާއި، ސްކޫލްތަކާއި މި ތަންތަނާއި 25 ފޫޓު ކައިރި ހިސާބުތަކާއި ސްކޫލާއި، މިސްކިތު ދޮރުމައްޗާއި، ސިއްހީ ހިދުމަތް ދޭ ތަންތަނާއި، މަތީތައުލީމުގެ ހިދުމަތް ދޭ ތަންތަނާއި، ކުޑަކުދިން ބަލަހައްޓާ ތަންތަނާއި، ބޭސް ފިހާރަތަކާއި ސިއްހަތާއި ދުޅަހެޔޮކަން ކުރިއަރުވަން ހިދުމަތްދޭ ތަންތަނާއި، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އެތެރެ އާއި ބެލްކަނީގެ އިތުރުން، އޮފީސް ދޮރުމައްޗާއި، ދަތުރުފަތުރުގެ ހިދުމަތް ދޭ އުޅަނދުތަކާއި، އިވެންޓްތައް ބާއްވާ ތަންތަނާއި އަލިފާނުގެ ހާދިސާތައް ހިނގާ ފަދަ ތަންތަނާއި ފިހާރަތައް ހިމެނެއެވެ.
އަދި މި ގަވާއިދާއި ހިލާފުވާނަމަ ފުރަތަމަ ފަހަރު 1،000ރ އިން ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައި ވެއެވެ. އަދި ދެވަނަ ފަހަރު ނަމަ 2،000ރ އަދި ތިން ވަނަ ފަހަރު ނަމަ 3،000ރގެ ޖޫރިމަނާއެއް ކަނޑައަޅާފައި ވެއެވެ. މުއައްސަސާތަކާއި ވިޔަފާރިތަކުގެ ވެރިފަރާތްތަކާއި އެ ތަންތަން ހިންގާ ފަރާތްތަކާއި ޒިންމާވާ ފަރާތުން ކުށެއް ކޮށްފައިވާ ނަމަ ނުވަތަ މި ގަވާއިދު ތަންފީޒުކުރުމަށް ކުރަންޖެހޭ އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެތަން ހިންގާ ފަރާތް މަސައްކަތްތައް ނުކުރާ ނަމަ ނުވަތަ ޒިންމާވާ ފަރާތްތަކާއި މެދު ފިޔަަޅު އަޅާނެ ކަމަށްވެސް ބުނެފައި ވެއެވެ. މިގޮތުން ފުރަތަމަ ފަހަރު 3،000ރ އިން ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައި ވެއެވެ. އަދި ދެވަނަ ފަހަރު ނަމަ 5،000ރ އަދި ތިންވަނަ ފަހަރުން ފެށިގެން ޖޫރިމަނާގެ އަދަދު ކޮންމެ ފަހަރަކު ވެސް ދެގުނައަށް އިތުރުކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
