
(ފޮޓޯ ކްރެޑިޓްސް: މިހާރު)
މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދައުލަތަށް ވަތް އާމްދަނީގެ އަދަދު 19 ޕަސެންޓު ދަށްވެއްޖެ އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 4.6 ބިލިއަން ރުފިޔާ އެވެ. އެހެންވެ އެއީ 874 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ޖުމްލަ އާމްދަނީ ދަށްވި އިރު ޓެކްސް އާއި ޓެކްސް ނޫން އާމްދަނީތައް ވެސް ވަނީ ދަށްވެފަ އެވެ. ޓެކްސްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނީ 3.3 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 589 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބުނެވެ. ޓެކްސްގެ އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދަށްވެފައިވަނީ އިމްޕޯޓު ޑިއުޓީ އާއި ވިޔަފާރި ފައިދާއިން ލިބޭ ޓެކްސް އިންނެވެ. އިމްޕޯޓު ޑިއުޓީ ވަނީ 64 ޕަސެންޓު ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި 138 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 384 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 247 މިލިއަން ރުފިޔާގެ ވެއްޓުމެކެވެ.
އިމްޕޯޓު ޑިއުޓީ އެހާ ބޮޑަށް ދަށްވެފައިވާ އިރު މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޗައިނާއިން އެތެރެ ކުރާ ގިނަ ބާވަތްތަކަށް ޑިއުޓީ ނެގުން ވަނީ ހުއްޓާލައިފަ އެވެ. އިމްޕޯޓު ޑިއުޓީގެ އިތުރުން ވިޔަފާރި ފައިދާއިން ލިބޭ ޓެކްސް ވަނީ 23 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރު ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއަހަރު އެ އަދަދު ހުރީ 1.3 ބިލިއަން ރުފިޔާގަ އެވެ. ޓެކްސް އާމްދަނީގެ އިތުރުން އެހެން ފީތަކާއި ކުލިން ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. ޓެކްސް ނޫން އެހެން އާމްދަނީ ވަނީ 42 ޕަސެންޓަށް ދަށްވެފަ އެވެ. މިއަހަރުގެ މިހާތަނަށް ރިސޯޓު ކުއްޔާއި ބިދޭސީންގެ ކޯޓާ ފީ އާއި އެއާޕޯޓު ޑިވަލޮޕްމެންޓް ފީ އިން ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ.
ދައުލަތުގެ ޖުމްލަ އާމްދަނީ ދަށްވި އިރު ދައުލަތުން ކުރި ހަރަދު ވެސް މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 29 ޕަސެންޓު ދަށްވެފައިވެ އެވެ. މިއަހަރުގެ މިހާތަނަށް ދައުލަތުން 3.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
