
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޔޫއޭއީގައި ކުރިއަށްދާ “ވޯލްޑް ގަވަމަންޓްސް ސަމިޓް 2025″ގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ “ދަ ގަވަމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމް”ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެޑައިގަންނަވައިފިއެވެ.
“ދަ ގަވަމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމް” އަކީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި މާހިރުންގެ މަސައްކަތުގެ މާޙައުލުގައި ކުރެވުނު ތަޖުރިބާއާއި ގޮންޖެހުންތަކާއި ޙާސިލުކުރެވުނު ކާމިޔާބީތައް ޙިއްސާކުރުމަށް ބާއްވާ ފޯރަމެކެވެ. މިފޯރަމްގައި ދުނިޔޭގެ އެކި ސިނާޢަތްތަކުގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކަށް އެއްވެ އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމާއި، އެކި ދާއިރާތަކުގެ އީޖާދީ އުފެއްދުންތެރި ހައްލުތަކާއި، އެކަމުގެ އަގުހުރި ފިލާވަޅުތައް ހިއްސާކުރެއެވެ. މިފޯރަމްގައި ކުރެވުނު މަޝްވަރާތަކުގައި ސިނާޢަތްތަކަށް ކުރިމަތިވަމުންދާ އެކި ހުރަސްތައް ނައްތާލުމާއި، އުފެއްދުންތެރި ހައްލުތައް ހޯދުމާއި، ލީޑަރޝިޕް ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ.
ފާއިތުވެދިޔަ 3 އަހަރު، ޔޫއޭއީގެ “ގަވަމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް”ގައި ރާއްޖޭގެ ސަރުކާރު މުވައްޒަފުންވަނީ ބައިވެރިވެފައެވެ. މިޕްރޮގްރާމަކީ ސަރުކާރު މުވައްޒަފުންނަށް އަސާސީ ތަމްރީނުތައްދީ، އުފެއްދުންތެރި ހައްލުތައް ހޯދުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން، ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭހެން 128 ފަރާތަކަށް މިހާތަނަށްވަނީ ތަމްރީނު ދެވިފައިވެއެވެ.
Vice President His Excellency Uz @HucenSembe attends the Government Experience Exchange Forum, held on the sidelines of the World Governments Summit 2025 in Dubai, United Arab Emirates (UAE).
Maldives has participated in the UAE’s Government Experience Exchange Programme (GEEP)… pic.twitter.com/peFGS9ZcOV
— The President’s Office (@presidencymv) February 11, 2025
ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ “ވޯލްޑް ގަވަމަންޓްސް ސަމިޓް 2025″ގެ ހަވާސާގެ ތެރެއިން ކުރިއަށްގެންދިޔަ، ޕްލީނަރީ ސެޝަންގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވަނީ ބައިވެރިވެވަޑައިގަންނަވައިފިއެވެ.
މިސަމިޓަކީ އަންނަން އޮތް ޖީލުތަކުގެ ކުރިއެރުމަށް މައިގަނޑު 6 ދާއިރާއަކަށް އަމާޒުކޮށް ބާއްވަމުން އަންނަ ސަމިޓެކެވެ. އެގޮތުން ހަރުދަނާ ހިންގުމުގެ ނިޒާމާއި ޒިންމާދާރުކުރުވުމާއި، މުސްތަޤުބަލުގައި ދުނިޔޭގެ އިޤްތިޞާދުގެ ފުދުންތެރިކަމާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ވިލުންތެރި މުޖުތަމަޢުތައް ބިނާކުރުމާއި، ބައިނަލްއަޤުވާމީގޮތުން ސިއްޙީ ދާއިރާއަށް އަންނަ އިންޤިލާބީ ބަދަލުތަކާއި ދޭދޭ ޤައުމުތަކުގެ ދެމެދުގައި ކުރިމަތިވަމުންދާ އެކި ކަންކަމަށް މިސަމިޓުގައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.
މި މަހުގެ 11 އިން 13 އަށް ޔޫއޭއީގައި ބާއްވާ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025ގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
