
އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑުގެ އެއް ނަމްބަރު ކީޕަރު އަންދުރޭ އޮނާނާއަށް އެ ކުލަބުގެ ކޯޗު ރުބެން އަމޮރިމް އިތުބާރު ނުކުރާކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. އިޓަލީގެ އިންޓަ މިލާން އިން 2023 ވަނަ އަހަރު 47 މިލިއަން ޕައުންޑަށް މެންޗެސްޓަރ ޔުނައިޓެޑަށް ގެނައި އޮނާނާ އަތުން ގިނަ ގޯލުތަކެއް ވަދެފައިވާއިރު، މެޗުތަކުގައި އޭނާގެ އަތުން ހެދޭ ގޯސްތަކުގެ ސަބަބުން އެ ކުލަބުގެ ގިނަ ސަޕޯޓަރުން އޭނާއަށް އިތުބާރު ނުކުރާއިރު، ކޯޗު އަމޮރިމް ވެސް މިހާރު ބޭނުން ވަނީ އެހެން ކީޕަރެއް ޔުނައިޓެޑަށް ގެނައުމަށް ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މި ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވިގެން އުޅޭ ޔުނައިޓެޑުގެ ގޯލު ބަލަހައްޓަން އޮނާނާ ހުއްޓާ ވިދިވިދިގެން ތިން މެޗުގައި ނުވަ ގޯލު ވަދެފައިވެއެވެ. އިންޓަ މިލާން އިން މެންޗެސްޓަރ ޔުނައިނޓެޑަށް އޮނާނާ ގެނެސްފައިވަނީ މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގްއެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ އޮނާނާއަށް ގިނަ ގޯސްތަކެއް ހެދެމުން އަންނަނީ އަދިވެސް އޮނާނާ އިނގިރޭސިވިލާތައް ނުހޭނުމުން ކަމަށެވެ. އިނގިރޭސި މީޑިއާތަކުން ބުނާގޮތުގައި މިފަހަރުގެ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑުން އާ ކީޕަރެއް ހޯދުމުގެ މަސައްކަތް ކުރާނެއެވެ. ޔުނައިޓެޑުން ކީޕަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ކުލަބުން އެންމެ ބޭނުން ވަނީ އިނގިރޭސި ކުލަބު ބްރައިޓަންއަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ ނެދަލެންޑްސްގެ ކީޕަރު ބާޓް ވާބްރަގަންއެވެ.
ވާބްރަގަން ގަތުމަށް މެންޗެސްޓަރ ޔުނައިޓެޑުން 30 މިލިއަން ހަރަދު ކުރުމަށް އެ ކުލަބުން ތައްޔާރު ކަމަށް ވެސް އިނގިރޭސި މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
