
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
މޯލްޑިވިއަން އިން އަލަށް ގެނައި އޭ330-200 ގެ ވައިޑްބޮޑީ މަތިންދާ ބޯޓު ޗައިނާގެ ޗަންގްޑޫގައި ޖައްސައިފިއެވެ. މިއީ މޯލްޑިވިއަންގެ މަތިންދާ ބޯޓު ދަތުރުތައް ރަސްމީކޮށް ފެށިފަހުން ކުރި ފުރަތަމަ ދަތުރެވެ. މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާފައި ވަނީ ރޭގެ ވަގުތެއްގައެވެ. މި ބޯޓުގައި 52 ފަސެންޖަރުން ދަތުރު ކޮށްފައި ވެއެވެ. މޯލްޑިވިއަން އިން ބުނީ ވައިޑްބޮޑީ މަތިންދާ ބޯޓު ޗަންގްޑޫއަށް ޖައްސާފައިވާ ކަމަށެވެ. އަދި އެކަން ފާހަގަ ކުރުމަށް ބޯޓުގައި ކޭކު ފަޅާފައިވާ ކަަމަށްވެސް ބުނެފައި ވެއެވެ.

(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
މޯލްޑިވިއަންއިން ޗައިނާގެ ޗެންގްޑޫ އަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610ރ.) އެވެ. ޗެންގްޑޫގެ އިތުރުން ބެއިޖިންގެ ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އަރާއިރު، ޗައިނާގެ ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.
Touchdown in Chengdu! Our inaugural flight has arrived in China, celebrated with a special cake-cutting ceremony on board. Here’s to new beginnings and stronger connections! ✈️🎉#Maldivianaero #China #Chengdu #Maldives #VisitMaldives pic.twitter.com/RFff6fqeN0
— MaldivianAero (@MaldivianAero) January 22, 2025
މޯލްޑިވިއަންއިން ޗައިނާގެ ޗެންގްޑޫ އަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610ރ.) އެވެ. ޗެންގްޑޫގެ އިތުރުން ބެއިޖިންގެ ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އަރާއިރު، ޗައިނާގެ ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.
މޯލްޑިވިއަންގެ މި މަތިންދާ ބޯޓަކީ އެއްވެސް ތަނަކު ނުޖައްސާ 13،000 ކިލޯމީޓަރަށް ދަތުރުކުރުމުގެ ކެޕޭސިޓީ ލިބިފައިވާ މަތިންދާ ބޯޓެކެވެ. މި މަތިންދާ ބޯޓުގައި ތިން ކްލާހެއް ހިމެނެެއެވެ. އެއީ ބިޒްނަސް އަށް 18 ގޮނޑި، ފްރިމިއަމް އިކޮނޮމީ 36 ގޮނޑި، އިކޮނޮމީ ކުލާހުގައި 210 ގޮނޑިއާއެކު ޖުމްލަ 264 ގޮނޑިއެވެ. މަތިންދާ ބޯޓުން ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެއެވެ. މޯލްޑިވިއަންގެ ދަތުރުތައް ބެއިޖިން އަށް މި މަހުގެ 24 ގައި ފަށާއިރު، ޝެންހާއީ އަށް ފަށާނީ މި މަހުގެ 27 ގައެވެ.
މޯލްޑިވިއަން އިން އަންނަނީ އެއާބަސް އޭ330 ގެ އިތުރު ބޯޓެއް މި އަހަރު ފަހުކޮޅު ގެނައުމަށް މަސައްކަތް ކުރަމުންނެވެ. މޯލްޑިވިއަން އެއާލައިންގެ ފްލީޓުގައި މިހާރު ވެސް 25 މަތިންދާ ބޯޓު އޮވެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
