
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 132،000 އަށްވުރެ މައްޗަށް އަރައިފިއެވެ. އެ ވުޒާރާއިން އިއްޔެ އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަަލަށް ރާއްޖެއަށް 132،235 ފަތުރުވެރިން އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 120،919 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، މި އަހަރު މިހާތަަނަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު %9.4 އިތުރެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ކަމަށް ދައްކަނީ ރަޝިޔާއިންނެވެ. އެ ގައުމުން ރާއްޖެއަށް 16،073 ފަތުރުވެރިން އައިސްފައިވާއިރު، ލިސްޓުގެ ދެވަނައަށް ޗައިނާ ވަނީ ޖެހިލައިފައެވެ. ޗައިނާއިން 14،208 ފަތުރުވެރިން އައިސްފައިވާއިރު، ލިސްޓުގެ ތިން ވަނައިގައި އޮތް އިޓަލީން 14،053 ފަތުރުވެރިން އައިސްފައި ވެއެވެ. މި މަސް ތެރޭގައި ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް ހުރީ މަތީގައެވެ. މިގޮތުން މި މަހުގެ ގިނަ ދުވަހު ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު 6،000 އިން މަތީގައި އުޅޭއިރު، ތިން ދުވަހެއްގައި 8،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށްވެސް ދައްކައެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތައް ދަައްކާގޮތުން ރާއްޖެ އަންނަަ ފަތުރުވެރިންގެ ތެރެއިން %69.6 މީހުން ދަނީ ރިސޯޓް ތަކަށެވެ. އަދި %25.4 މީހުން ގެސްޓްހައުސްތަކަށް ދާއިރު، ހޮޓަލްތަކަށް ދަނީ %2.5 އިންސައްތަ މީހުންނެވެ. އަދި މިހާތަނަށް ރާއްޖޭގެ 173 ރިސޯޓެއް އަޮޕަރޭޝަނަށް ގެނެސްފައިވާއިރު، 15 ހޮޓަލަކާއި، 816 ގެސްޓްހައުސްއެއްގެ އިތުރުން، 151 ސަފާރީ އުޅަނދު އޮޕަަރޭޝަނަށް ގެެނެސްފައި ވެއެވެ. ފަތުރުވެރިން ރާއްޖެ ގެނައުމަށް މީގެކުރިން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާ އިން އެކިއެކި ރިކޯޑުތައް ވަނީ ހާސިލްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
