
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަންނަ ސެޕްޓެމްބަރު މަސް އައުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. އަތޮޅުގެ 11 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިމާރާތްތަކެއް އެކަނި ހެދުމަށް ވުރެ، ގައުމަކަށް ތަރައްގީ ގެނެވޭނީ ޒުވާން ޖީލަށް ރަނގަޅު ތައުލީމެއް ދީގެން ކަމަށެވެ.
ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް ދިނުމަކީ ހަގީގީ އަދި ވަށާޖެހޭ ތަރައްގީއަށް އެންމެ މުހިންމު ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ރަނގަޅު ފެންވަރެއްގައި، ހިތްހަމަޖެހޭ މާހައުލެއްގައި ކިޔަވައިދެވޭ ގޮތް ފަހިކޮށް ދިނުމަކީ އެންމެ ރަނގަޅު ނަތީޖާ، އޭގެން އުފާވެރިކަން ލިބޭނެ ކަންތައް.” ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއަރުވައި ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ކްލާސްރޫމްތަކެއް ފިނިކޮށް ދިނުމުގެ މަޝްރޫއެއް މި ސަރުކާރުގެ ވަރަށް ކުރީކޮޅު ވަނީ ފަށައިފައެވެ. ސަރުކާރުން ފުރަތަމަ އިސްކަން ދެނީ ކްލާސްރޫމްތަކަށެވެ. އޭސީ ހަރުކުރުމާއި އެއަށް ބޭނުންވާ ކަރަންޓު އިއާދަކުރުވަނިވި ހަކަތައިގެ ތެރެއިން ފޯރުކޮށްދިނުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ފެށިފައިވާ އިރު، އެކަމަށް ބޭނުންވާ އެއްޗެހި ހަމަޖެހި ރަނގަޅު ހިސާބަކަށް ގޮސްފައިވާ ކަމަށެވެ. “މި އަހަރު ދެން އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މި ރަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިއާދަކުރަނިވި ހަކަތައިގެ ބޭނުން ކޮށްގެން އޭސީ ކޮށްދީ، ފިނި ކޮށްދޭނަން. އެކަން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަޅުގަނޑު ދެން،” ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުމެން ބޮޑަށް މި އަމާޒު ކުރަނީ ވެސް ވީހާ ވެސް އަވަހަކަށް، ސެޕްޓެމްބަރު މަހާ ހަމައަށް ދާންވާއިރަށް ވެސް ނިންމާލެވޭތޯ. އެއީ ހައެއްކަ މަސް ދުވަސް، އަށެއްކަ މަސް ދުވަސް ބޭނުންވާނެ މުޅި ރާއްޖެ އެއްކޮށް ނިންމާލަން. އެހެންވީމަ އެގޮތަށް އެކަން ކުރިއަށް ގެންދާ ވާހަކަ ދަންނަވާލަން.”
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
