
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ ރަށްރަށުގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުތައް މަޑުޖެހިފައި ވަނީ ބޮޑު ހިލަ ލިބުމުގައި ދަތިތަކެއް ހުރެގެން ކަމަށާއި އެކަން ހައްލުކޮށް އެމްޓީސީސީގެ އެހީއާއެކު ވަރަށް އަވަހަށް ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅުގެ 11 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރަށް ރަށުގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ހުއްޓިފައި އޮތީ ބޮޑު ހިލަ ނުލިބިގެން ކަމަށެވެ. ހުޅުދުއްފާރުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު، އެ މަޝްރޫއު ވެސް ހުއްޓިފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެކަމަކު، ބޮޑު ހިލަ ސަޕްލައި ކުރުމުގައި ދިމާވި ދަތިތައް މިހާރު ހައްލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. “އެހެންވީމަ ކުރިއަށް އޮތް މަސްތަކުގައި ޝެޑިއުލްއެއްގެ ތެރެއިން މި ރަށް ވެސް ހިމަނައިގެން އެމްޓީސީސީން ބޮޑު ހިލަ ޖައްސަން ޖެހިފައި ހުރި މަޝްރޫއުތައް، އެއީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި ބަނދަރުގެ އެކި ކަހަލަ ކަންކަން ހިނގައިގަންނާނެ،” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އެއީ ގިނަ އަދަދެއްގެ ބޮޑު ހިލަ ވަރަށް އަވަހަށް ސަޕްލައި ކުރެވޭނެ ގޮތްތަކެއް މިހާރު ހަމަޖައްސާފައި އޮންނާނީ ސަރުކާރުގެ ތެރެއިން،” ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ވަނީ މި އަހަރު ހުޅުދުއްފާރާއެކީގައި އެހެނިހެން ރަށްރަށުގެ ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ދާދި އަވަހަށް މަޝްރޫއު މޮބިލައިޒް ކުރެވިގެން ހިނގައިގަންނަ ތަން ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހުޅުދުއްފާރުގެ ބަނދަރުގެ ބޭރު ތޮށި ބޭނުން ކުރެވޭ ކަހަލަ ގޮތަކަށް ބަދަލުކުރަން ރަށުގެ ރައްޔިތުން ބޭނުންވާ އިރު، ބޭރު ތޮށީގެ ބޭނުން ހިފޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަން ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކޮށް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަށުގެ ސްކޫލަށް 12 ކްލާސް ރޫމް އިތުރު ކުރަން ބަޔަކާ ހަވާލުކޮށްފައިވާ އިރު، ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ކޮންޓްރެކްޓަރަށް ކުރެވޭނެ ގޮތް ހަދައި ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުދުއްފާރުގައި ކުރަން ރައީސް ވައުދުވެވަޑައިގެންނެވި ކަންކަން
1- ގިރާ ސަރަހައްދު ހިމާޔަތް ކުރުން
2- ބަނދަރުގެ ބޭރު ތޮށި ބޭނުން ކުރެވޭ ގޮތަށް ބަދަލުކުރުން
3- ސްކޫލަށް ބޭނުންވާ 12 ކްލާސް ރޫމް އެޅުން
4- ސްކޫލަށް ބޭނުންވާ އިތުރު އިމާރާތްތައް އެޅުން
5- ހުރިހާ ކްލާސްރޫމްތަކެއް އޭސީކުރުން
6- ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުން
7- ކުޅިވަރު ކޮމްޕްލެކްސްއެއް ގާއިމުކުރުން
8- ދަނާލްގެ ޕްރޮޖެކްޓެއް ހިންގުން
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އިމާރާތްތަކެއް އެކަނި ހެދުމަށް ވުރެ، ގައުމަކަށް ތަރައްގީ ގެނެވޭނީ ޒުވާން ޖީލަށް ރަނގަޅު ތައުލީމެއް ދީގެންނެވެ. ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް ދިނުމަކީ ހަގީގީ އަދި ވަށާޖެހޭ ތަރައްގީއަށް އެންމެ މުހިންމު ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ރަނގަޅު ފެންވަރެއްގައި، ހިތްހަމަޖެހޭ މާހައުލެއްގައި ކިޔަވައިދެވޭ ގޮތް ފަހިކޮށް ދިނުމަކީ އެންމެ ރަނގަޅު ނަތީޖާ، އޭގެން އުފާވެރިކަން ލިބޭނެ ކަންތައް.” ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއަރުވައި ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ވިސްނަވަނީ ރައްޔިތުން ވިސްނާ ގޮތަށެވެ. ރައްޔިތުން ބޭނުންވާ ކަންކަން ފަހި ކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް ކަންކަން ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށް ދިނުމުގައި. ރައްޔިތުންނަށް ކަންކަން ފަހިކޮށްދިނުމުގައި، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ނިންމައި ދިނުމަށް. އެ އުންމީދު އަޅުގަނޑު ވަރަށް ޔަގީންކަމާ އެކުގައި ދެން،” ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
