
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަތިން ފެންނަ އެ ފޮޓޯގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު، އެ ވަނީ ރ. ވާދޫއަށް އުފަން އުމުރުން ދުވަސްވީ ދިވެހި ދެމަފިރިންނެވެ. އެކަކުގެ އުމުރުން 101 އަހަރުވީ އިރު، އަނެކަކު އުމުރުން 102 އަހަރެވެ. ދެ މީހުންގެ ކައިވެންޏަށް މިހާރު 80 އަހަރުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު، އިއްޔެ ވާދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ދެމަފިރިންނާ ބައްދަލު ކުރައްވައި ހާއްސަ ގަދަރެއް ދިނުމުން އެމީހުން ތިބީ އުފަލުންނެވެ. އެކަމަކު، އެއަށް ވުރެ ބޮޑު އުފަލެއް އެމީހުންނަށް އެ ދުވަހު ލިބުނެވެ.
ދެމަފިރިންނަށް ލިބުނު ޝަރަފަކީ ރައީސް ޑރ. މުއިއްޒުއާ އެކުގައި ޖަލްސާއެއްގެ ކުރީސަފުގައި އިށީނދެލެވުމުގެ ފުރުސަތު ލިބުމެވެ. މިއީ މީގެކުރިން އެ ދެމަފިރިން ދުވަހަކު ވެސް ދެކުނު ހުވަފެނެއް ނޫނެވެ. ރައީސްއާ އެއް ސަފެއްގައި ކުރީ ގޮނޑިބަރިތަކުގައި އިށީނދެލައިގެން އިނދެވޭނެ ކަމަށް އުންމީދު ވެސް ނުކުރެއެވެ. އެކަމަކު، އެ ދެމަފިރިންނަށް މި އުމުރުގައި މިއަށް ވުރެ ބޮޑު އުފަލެއް ދެން ލިބޭނެތޯއެވެ؟

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޖަލްސާގައި ބައިވެރިވި އުމުރުން ދުވަސްވީ އަންހެން މީހާ ބުނީ މި އުމުރަށްދިޔަ ފަހުން ރައީސް އަކާއެކު ޖަލްސާއެއްގެ ކުރީސަފުގައި އިށީނދެލެވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. މި މަންޒަރު ފެނުނީކީ ހަމައެކަނި ވާދޫގައި ބޭއްވި ޖަލްސާއަކުން ނޫނެވެ. ރައީސް ޑރ. މުއިއްޒު ރ. ރަސްގެތީމު، ރ. އަނގޮޅިތީމު، ރ. އުނގޫފާރު އަދި މިއަދު ރ. ހުޅުދުއްފާރަށް ޒިޔާރަތް ކުރައްވައި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވެސް ފެނުނީ މި މަންޒަރެވެ. ޖަލްސާގެ އެންމެ ކުރީ ގޮނޑިބަރިތަކުގައި އުމުރުން ދުވަސްވީ ދެތިން މީހަކު އަބަދުވެސް ތިބެއެވެ.
މިކަމުން ސާފުވާ އެއް ކަމެއް އެބައޮތެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ގަދަރަކާއި ލޯތްބެއް ދޭ ކަމެވެ. ހާއްސަކޮށް މިގޮތަށް އަމަލު ކުރުމަށް ރައީސް ޑރ. މުއިއްޒު ދެއްވި އިރުޝާދަކީ އެމަނިކުފާނަށް ޝުކުރު ހައްގު ކަމެއް ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ޑރ. މުއިއްޒުގެ ވަފްދުގައި ގިނަ އަދަދަކަށް ވަޒީރުން ވެސް ހިމެނިވަޑައިގަންނަވައެވެ. އެކަމަކު، ޖަލްސާތަކުގައި ގިނަ ވަޒީރުންނަށް ފުރުސަތު ލިބިވަޑައިގަންނަވަނީ ދެވަނަ ގޮނޑި ބަރިންނެވެ. ފުރަތަމަ ގޮނޑިބަރީގައި ތިއްބަވަނީ ރައީސް ޑރ. މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގައި އެ ދާއިރާއެއް ތަމްސީލް ކުރައްވާ މެމްބަރަކާއި ކައުންސިލްތަކުގެ ރައީސުންނާއި ކައުންސިލް މެމްބަރުންނާއި އުމުރުން ދުވަސްވީ ދެ ތިން މީހެކެވެ. ޖަލްސާ ފެށުމުގެ ކުރިންނާއި ޖަލްސާ ނިމުމުން ވަގުތުކޮޅެއް އޮތް ނަމަ، ރައީސް ޑރ. މުއިއްޒު އުމުރުން ދުވަސްވީ މީހުންނާ ބައްދަލު ކުރައްވައެވެ. އަދި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވައި ނިންމަވާލެއްވުމަށް ފަހު ސްޓޭޖުން ފައިބައިގެން ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުމުގެ ކުރިން ފުރަތަމަ ވެސް ސަލާމް ކުރައްވަނީ ޖަލްސާގެ އެންމެ ކުރީ ސަފުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“ރާއްޖޭގައި މީގެކުރިން ވެރިކަން ކުރެއްވި އެއްވެސް ރައީސުލްޖުމްހޫރިއްޔާއެއްގެ ފަރާތުން ފެނުނު ކަމެއް ނޫން ރައީސް ޑރ. މުއިއްޒު މި ކުރެއްވީ. ރަސްމީ ޖަލްސާއެއްގެ އެންމެ ކުރީ ސަފުން އުމުރުން ދުވަސްވީ މީހުންނަށް ފުރުސަތު ދިނުމަކީ ހަގީގަތުގައި އާދައިގެ ކަމެއް ނޫން، އެއީ ހަގީގަތުގައި އެމީހުންނަށް އިސްކަން ދޭ މިންވަރު.” ރައީސް ޑރ. މުއިއްޒާއެކުގައި މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރަކު ވިދާޅުވިއެވެ. “ކުރިއަށް އޮތް ތަނުގައި އަދި މި ވެރިކަމުގައި އެމީހުންނަށް އިތުރު ފަސޭހަތަކާއި ހިތްހަމަޖެހުން ލިބޭނެ ކަމުގެ އުންމީދު އެބައޮތް،” ރައީސް ޑރ. މުއިއްޒު ރ. އަތޮޅުގެ 11 ރަށަކަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ވެސް ހަތަރު ރަށަކަށް ވަޑައިގަންނަވާނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މި ދަތުރުފުޅުގައި އެކި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ފައްޓަވައިދެއްވުމަށާއި ބައެއް ރަށްރަށުގައި ޤާއިމުކޮށް ނިމިފައިވާ ޚިދުމަތްތައް އިފުތިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މި އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
