
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދުންފަތުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ބޮޑުކުރީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް ވަކި ބަޔަކަށް ފައިދާ ހޯދައި ދިނުމުގެ ނިޔަތުގައި ނޫން ކަމަށާއި އެކަން ކުރީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުން އެކަމުން ސަލާމަތް ކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. އުނގޫފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ވޭޕް މަނާކުރަން ނިންމީ ޒުވާން ޖީލެއް ސަލާމަތް ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ފިޔަވަޅު އެޅީ ރާއްޖޭގައި ވޭޕް މަނާނުކޮށް އޮތް ނަމަ، ގައުމުގެ ކަންކަން އަތުނުވާ ހިސާބަށް ހިނގައިދާނެތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހަމައެގޮތަށް ދުންފަތުގެ އިސްތިއުމާލް ކުރުމުން ދުރުހެލިވުމުގެ ގޮތުން ފިޔަވަޅުތަކެއް މި އެޅީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމަށް ބައެއް މީހުން ވާހަކަ ދެއްކި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ދާއިރާ އިން ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރު ކުރަން ބޭނުންފުޅުނުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. “ފިނޭންސް މިނިސްޓްރީގެ ހިސާބުތައް މިހާރު ނަހަދާނެ، ދުންފަތުގެ ބާވަތްތައް ގަނެގެން އިމްޕޯޓުކޮށްގެން އިތުރުވާ ޓެކްސް، އެއަށް ބަރޯސާވެގެން ދައުލަތުގެ އާމްދަނީއެއް ކަލްކިއުލޭޓެއް ނުކުރާނެ މިހާރު.” ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުން ވަނީ ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ލިބޭ ގެއްލުމުން ދުރުވެފައި ތިބޭ ބަޔަކަށް ރައްޔިތުން ހެދުމަށެވެ. އަދި ސަރުކާރުން ފިޔަވަޅުތައް އެޅީ ދުންފަތުގެ ބާވަތްތަކާ ދުރުހެލިވުމަށް ބާރު އެޅުމުގެ ނިޔަތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ ދުންފަތުގެ ބާވަތްތައް އެއްކޮށް މަނާ ނުކުރީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށެވެ. އަދި ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމާ ގާތަށް ވެސް ވޭޕް އާންމު ނުވާ ކަން ރައީސްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
“އަޅުގަނޑަށް އެނގޭ ވަރަށް ގިނަ އަޅުގަނޑުމެންގެ ރައްޔިތުންނަކީ ދުންފަތުގެ އިސްތިއުމާލް ކުރުމަށް ވަރަށް ބޮޑަށް އާދަވެފައި ތިބި ބައެއް ކަން. އަޅުގަނޑުމެން ސަރުކާރުން ވަރަށް އިސްކަން ދީގެން ކޮންމެ ރަށެއްގައި، ރަށު ލެވެލްގައި އެކަމުން ދުރުވެވޭނެ ގޮތްތައް، ސިއްހީ މަރުކަޒުތަކުގައި އާ އެކީގައި ޓޮބޭކޯ ސެޒޭޝަން ކްލިނިކްތަކެއް ގާއިމުކުރެވި ހިދުމަތް ދޭން ވެސް މި ވަނީ ފަށާފައި. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ވެސް ކުރާނަން،” ރައީސް ވިދާޅުވިއެވެ. ރައީސް މިރޭ ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހިންނަކީ ދުންފަތުގެ އިސްތިއުމާލް ކުރުމުން ދުރުވެފައި ތިބޭ ބަޔަކަށް ވާށެވެ. އަދި ދުންފަތުގެ އިސްތިއުމާލްކޮށްގެން ލިބޭ ގެއްލުންތަކުން އާންމު ރައްޔިތުންނަށް އެކި ކަހަލަ ސަލާމަތް ނުވެވޭ ބަލިތައް ޖެހި އެ ބަލިތަކުގެ ސަބަބުން ދިވެހިން ދުނިޔެ ދޫކޮށްދާ ތަން ބަލަން ބޭނުންފުޅު ނުވާ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ބަލިތައް ޖެހުމަށް މެދުވެރިވާ ކަންކަމުން ދިވެހިން ސަލާމަތް ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ އެއް ސިޔާސަތެވެ. “އެންމެ ބޮޑަށް މައްސަލަތައް ދިމާވަނީ ދުންފަތުގެ އިސްތިއުމާލްކޮށްގެން. އެހެންވީމަ އެ އުޅުމުން ދުރަށް ދިއުމަށް ބާރު އެޅުމުގެ ގޮތުން އަޅުގަނޑު އެ ބާވަތްތަކުން އަގު މައްޗަށް ޖެއްސީ. އަޅުގަނޑުގެ ބޭނުންވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކީގައި ފަހަރަކު ފިޔަވަޅެއް އަޅައި އިތުރު ފިޔަވަޅުތައް އެޅޭ ހިސާބަށް ގޮސްފި ނަމަ ރައްޔިތުން މިކަމުން ސަލާމަތްވެ، ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމައުއެއް ގާއިމުވެގެން ދާން،” ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ދުންފަތުގެ އިސްތިއުމާލް ކުރުމުން ދުރުވުމަކީ ރަށަށް ލިބޭ ކުރިއެރުމެއް ކަމަށް ބެލުމަށް އެދިވަޑައިގެންފައެވެ. އަދި އެ ރަށަކީ އެއްވެސް ގޮތަކަށް ދުންފަތުގެ އިސްތިއުމާލް ނުކުރާ ރަށެއްގެ ލަގަބު ހޯދުމަށް މަސައްކަތް ކުރެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން މިދިޔަ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާވެފައެވެ. މި އިސްލާހާއެކު ވޭޕާއި ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާ އެކު އެކު އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން ވެސް މަނާވާނެއެވެ.
ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްގެ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެއެވެ. ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާކުރާނެ އެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. އިން ޖޫރިމަނާކުރަން ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000ރ. އަށް ބޮޑުވާނެއެވެ.
މީގެއިތުރުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރުމާ އެކު ދުންފަތުން ނަގާ އެޑްވަލޮރަމް ރޭޓް %50 ވަނީ ބޮޑުކޮށްފައެވެ. ސިނގިރޭޓު ވިއްކޭނެ އުމުރު 21 އަހަރަށް މަތި ކުރުމަކީ ވެސް ސަރުކާރުން މި ފަހުން އެޅި ފިޔަވަޅެކެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
