
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޕެރިސް އެގްރިމެންޓުން އެމެރިކާ ވަކިވުމުން އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، ރާއްޖޭގެ މޫސުމީ ބަދަލުތަކުން ކުރަމުންދާ ނޭދެވޭ އަސަރުތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބެލުމަށް ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައިފިއެވެ. ނަޝީދު ނެރުއްވި ބަޔާނެއްގައި ވަނީ އެމެރިކާގެ އާ ސަރުކާރާއެކު މަސައްކަތް ކުރަން ލިބޭ ފުރުސަތަށް މަރުހަބާ ދަންނަވާ ކަމަށެވެ. ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅަކީ ޕެރިސް އެގްރިމެންޓުން ވަކިވުން ކަމަށްވީތީ ހިތާމަ ކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މޫސުމީ ނުރައްކާތަކުން އެންމެ ނާޒުކު ގައުމުތަކުގެ މުސްތަގުބަލު ނެތެމުން ދާއިރު، މިއީ އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން އިސް ނަގައި، ހާލަތު ބަދަލު ކުރުމަށް ނަމޫނާ ދައްކަންވީ ވަގުތު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. “މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް، ރާއްޖެ ހިމެނޭ ގޮތަށް އޭގެ އަސަރު ކުރާ ހިސާބުތަކަށް ވަޑައިގެން ބެއްލެވުމަށް އަޅުގަނޑު ރައީސް ޓްރަމްޕަށް ދައުވަތު އަރުވަން.” ނަޝީދު ނެރުއްވި ބަޔާނުގައިވެއެވެ. އެމެރިކާ އިން ޕެރިސް އެގްރިމެންޓަށް އަލުން ބައިވެރިވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ޕެރިސް އެގްރިމެންޓުގައި 196 ގައުމަކުން ސޮއިކުރިއިރު، ގައުމުތަކުން އެއްބަސްވީ ދުނިޔޭގެ ހޫނުމިން މަތިވިޔަނުދީ ހިފެހެއްޓުމަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރަން މަސައްކަތް ކުރުމަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މާލީ އެހީ ހޯދުމަށެވެ. ނަޝީދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މީގެކުރިން ބޭރު ގައުމުތަކުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ލީޑަރެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަދި ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކުރާ އަސަރުތައް ދުނިޔެއަށް ހާމަ ކުރެއްވުމުގައި ނަޝީދު ވަނީ ނަމޫނާ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ.
އެ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފް ވެސް ލިބުނެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
