
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި އަހަރު ތެރޭގައި ރ. ރަސްގެތީމުގައި ހަގީގީ ތަރައްގީގެ ކުލަ ޖައްސަވާ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށާއި، މިރަށަށް ބޭނުންވާ ކަންކަން ނިންމަދީ އޭގެ ގިނަ ކަންކަމުގެ ނިމުން ފާހަގަކުރައްވަން ރައްޔިތުން ބޭނުންވާނަމަ މިރަށަށް އަނެއްކާވެސް ވަޑައިގަތުމަށް އުއްމީދު ކުރައްވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްގެތީމަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަން ބާރު ސްޕީޑްގައި މި އަހަރު ކޮށްދިނުމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.
މިދިޔަ އަހަރު ތެރޭގައި މުޅި ރާއްޖޭގައިވެސް ސަރުކާރުން ކަންކަން ކުރެވުނު ވަރާއި ނުކުރެވުނު ސަބަބު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ގައުމާއި ހަވާލުވެވަޑައިގެންނެވިއިރު، އިގްތިސާދީ ގޮތުން އޮތް ހާލަތުން އަރައިގަތުމަށް ނުހަނު ގިނަ މަސައްކަތްތައް ކުރަން ޖެހުނު ކަމަށާއި، މިހާރުވެސް ގިނަ ކަންކަން ކުރެވެމުންދާ ކަމަށެެވެ. “އެހެންވީމަ އެ މަސައްކަތުގެ ތެރެއިން އައިސް މިހިސާބަށް މި އާދެވުނީ، ނިމިގެންދިޔަ އަހަރާއި ހިލާފަށް މި އަަހަރު ތެރޭގައި، ކެމްޕެއިންގައި އަޅުގަނޑު ދެންނެވި ކަންކަން އަމަލީ ގޮތުން ކޮށްދޭނަން، އެގޮތުގެ މަތިން ބަލާއިރުގައި އަޅުގަނޑު ދެންނެވި ހުރިހާ ކަމެއް މި އަހަރު ތެރޭގައި ފަށާ، ގިނަ ކަންކަން ނިންމާ ދިނުަމަކީ ސަރުކާރުގެ އަޒުމަކީ އަދި ޕްލޭނަކީވެސް،”. ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ، މިރަށު ބަނދަރުގެ ގިނަ ކަންކަން ހުރި ކަމަށާއި، އެކަމާއި ގުޅިގެން މަސައްކަތްތަކެއް ކުރެވިގެން ގޮސްފައިވާ ކަމަށެވެ. އެމަނިިކުފާވެވަޑައިގެންނެވި ފަދައިން އެ މަސައްކަތްވެސް މި އަހަރު ތެރޭގައި ކުރައްވާނެ ކަމަށާއި، ސްކޫލް ޖާގަ އިތުރު ކުރުންވެސް މި އަހަރު ތެރޭގައި ކުރިއަށް ދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފުޓްސަލް ދަނޑާއި ގުޅިފައިވާ މަޝްރޫއުތަކާއި އަދިވެސް އެފަދަ ގިނަ ކަންކަމުގެ އިތުރުން، ކުނި މެނޭޖް ކުރުމާއި، ފެނާ ނަރުދަމާ މަޝްރޫއުގެ މައްސަލަތައް ހައްލުކޮށްދެއްވުމާއި، ރަށުގެ މައިމަގުތައް ހެދުން ފަދަ ކަންކަންވެސް ހައްލުކޮށްދެއްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަރަންޓް މައްސަލަތާއި، ސިއްހީ މައްސަލަތައްވެސް ހައްލުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މި އަހަރު ތެރޭގައި، މި ކަންތައްތައް ކުރިއަށް އޮތް މަސްތަކުގައި ވަރަށް އިސްކަމެއް ދީގެން، މިރަށުގައި ފެށި ނިންމަ ދޭނެކަން، އެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،”. ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި، ކައުންސިލާއި ވުޒާރާތަކާއި ކުންފުނިތަކާއި ގުޅިގެން ކަންކަން ތަރުތީބުވެގެން ދާނެ ކަަމަށެވެ. އަދި އޭގެ ނަތީޖާއަކަށް ވެގެން ދާނީ ގިނަ ދުވަސްތަކެއް ވަންދެން މިރަށުގައި ނުކުރެވި ހުރި ކަންކަން މި އަހަރު ނިމިގެންދާއިރު މައްސަލަތައް ހައްލު ކުރެވި، އުފާފަގަތިކަން ލިބި ކުރިއެރުންތައް ލިބިގެން ދިޔުން ކަމަށްވެސް ވިދާޅުވިއެވެ.
“ރަސްގެތީމުގެ ތަރައްގީއަށްޓަކައި ކުރަން މި ހުރި، ހުރިހާ ކަންކަމަކީ ހަމަ އެހެން ކޮންމެ ރަށެކޭ އެއްފަދައިން އެއް ފެންވަރެއްގައި އެއް އިސްކަމެއް ދެވޭ ކަންކަން، އެގޮތުގެ ހަމަ އެކަންކަން ކުރިއަށް ގެންދާނަން،”. ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
