
(ފޮޓޯ ކްރެޑިޓްްސް: ވަގުތު)
ރ. ވާދޫއަށް މަޝްރޫއުތަކެއްގެ ޔަގީންކަން ދެއްވާ، ދިމާވެފައިވާ ކުނި ކޮށީގެ މައްސަލައާއި ރަށް ގިރުމުގެ މައްސަލައާއި ގޯތި ދިނުން ލަސްވެފައިވާ މައްސަަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ވާދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައިވީ ވައުދުތައް ފުރިހަމަކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އެއީ ވާދޫގެ ތަރައްގީއަށް ރައްޔިތުން ކުރާ އުންމީދުތަކަށް ކުރި އެރުމެއް ލިބޭނީ އެ ވައުދުތައް ފުދިގެން ދިއުމުން ކަމަށް ވިދާޅުވިއެވެ. އަދި ވާދޫއަކީ ކްރިއޭޓިވް ވިސްނުމުގައި އަމިއްލައަށް އެހެން ރަށްރަށްވުރެ ބޮޑަށް އިސްނަގައިގެން ކަންކަން ކުރާ ރަށެއް ކަމަށް ވިދާޅުވިއެވެ. ވާދޫގެ ރައްޔިތުންނަކީ ވަރަށް ފައްސި ވިސްނުމެއްގައި ތަރައްގީއަށް މަސައްކަތް ކުރައްވާ ރައްޔިތުންތަކެއް ކަަމަށް ވިދާޅުވިއެވެ. ރައްޔިތުން ކުރާ ކަންކަމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ވާދޫގައި ގޯތިތަކެއް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައި ނަމަވެސް ގޯތި ނުދެވިފައި ކުނި ކޮށީގެ މައްސަލައިގައި. އެކަން މާ ލަސްތަކެއްނުވެ ކަމާ ގުޅޭ މުވައްސަސާތަކުގެ ވެރިންނަށް ދަންނަވާފައިވާނެ މައްސަލަ ހައްލު ކުރުމަށް. އެހެންވީ ކުނީގެ މައްސަލަ ހައްލުވެގެންދާނެ ވަރަށް އަވަހަށް. ރީ ލޮކޭޓް ކުރެވުނީމަ އަދި ދާއިމީ ގޮތުން ވެސް ކުނީގެ މައްސަލައަށް ހައްލެއް ގެންނާނެ. އެކަން ހަމަޖެހިގެން ދާއިރު ދޫކުރަން ނިންމާފައިވާ ގޯތިތައް ވެސް ދެވިގެންދާނެ.”. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވާދޫގެ ގިރާ ސަރަހައްދުގެ މައްސަަލައަށް ވަރަށް އަވަސް ހައްލެއް ގެންނަންޖެހޭ ކަމަށެވެ. އެމްޓީސީސީއަށް ހަވާލުކޮށްފައިވާ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޮޑު ހިލައިގެ މައްސަލަ ކަމަށް ވިދާޅުވިއެވެ. ބޮޑު ހިލަ ޖެއްސުމަކީ އެ މަޝްރޫއުގެ އެންމެ ބޮޑު މަސައްކަތް ކަމަށާއި އެމްޓީސީސީއަށް ރާއްޖޭގެ އެކި ކަންކޮޅުގައި ކުރިއަށްގެންދާ މަޝްރޫތަކަށް ބޮޑު ހިލަ ސަޕްލައިކުރުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ ފިނޭންސް މިނިސްޓްރީ އާއި އެމްޓީސީސީ އާއި އެސްޓީއޯއާއިއެކުގައި ގުޅިގެން އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި ބަލްކްކޮށް ބޮޑު ހިލައިގެ ޝިޕްމެންޓްތައް ގެނެސް ހުއްޓިފައި ހުރި ބަނދަރާއި ރަށްގިރުމުގެ މަސައްކަތް އަލުން ގެނެސް ފަށަިއގަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބޮޑު ހިލަ ލިބިގެން ރަށްގިރުމުގެ މަޝްރޫއު އަލުން ފަށައިގަންނައިރުގައި ވާދޫގެ ބަނދަރުގެ ވެސް ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވާދޫއަށްވެލެއްވި އިތުރު ވައުދުތައް:
- ބޮޑު ދަނޑުގެ މަސައްކަތް އަވަހަށް ނިންމުމަށް އެއްބާރުލުން ދިނުން
- ސިއްހީ މަރުކަޒުގައި ވަސީލަތްތައް އިތުރުކޮށް ލެބޯޓްރީ ގާއިމްކުރުން
- ސިއްހީ މަރުކަޒުން ހިދުމަތްދޭ ވަގުތުތައް އިތުރުކުރުން
- ބިން ހިއްކުން
- ޕޮލިސް ޕޯޓް އެއް ގާއިމްކޮށްދިނުން
- ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުން
- މުޅި ރަށުގައި އިޔާދަކުރަނިވި ހަކަތަ ގާއިމް ކުރުން

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ ވާދޫ ސްކޫލަށް ބޭނުންވާ އިތުރު ކޮމްޕިއުޓާ ލެބާއި ސްޓާފްރޫމް ފަދަ ކަންތައްތައް ގާއިމްކުރުމަށް ކައުންސިލުން އެދިލެއްވިކަމަށެވެ. އެގޮތަށް އެކަން މަގުފަހިކުރުމަށް ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ ތަރައްގީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި ކަންކަން އަވަސް ސްޕީޑެއްގައި ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
