
(ފޮޓޯ ކްރެޑިޓްސް: ޔޫރޯ ސްޕޯޓްސް)
ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމު މި ސީޒަނަށް ފަހު އަންޗޮލެޓީ ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ‘އޮންދާ ސީރޯ’ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ސީޒަން ނިމުމުން ރެއާލްގެ ކޯޗު ކަމުގެ މަގާމު ދޫކޮށްލަން އެންޗޮލެޓީ ވަނީ ނިންމާފައެވެ. އަދި އޭނާ ބޭނުން ވަނީ މުޅިން އައު ގައުމަކަށް ދިޔުމަށް ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
2021 ވަނަ އަހަރު ކާލޯ އަންޗޮލެޓީ ރެއާލާއި ގުޅިފައިވަނީ ދެވަނަ ފަހަރަށެވެ. 2013 އިން 2015 އަށް އޭނާ ވަނީ ރެއާލަށް ކޯޗުކަން ކޮށްދީފައެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ރެއާލާއި ގުޅުމަށް ފަހު އޭނާ ވަނީ 2023 ވަނަ އަހަރު ކޮންޓްރެކްޓް އައު ކޮށްފައެވެ. މި ކޮންޓްރެކްޓް ހަމަވާނީ 2026 ގެ ނިޔަލަށެވެ. އަންޗޮލެޓީގެ ކޯޗު ކަމުގެ ދަށުގައި އޭނާ ވަނީ މިހާތަނަށް ރެއާލަށް 15 ތައްޓެއް ކާމިޔާބު ކޮށްދީފައެވެ. އެގޮތުން ލަލީގާ ދެ ފަހަރު، ކޮޕާ ޑެލް ރޭ ދެ ފަހަރު، ސުޕާ ކޮޕާ ޑި އެސަޕަނާ ދެ ފަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔުއެފާ ސުޕާ ކަޕް ތިން ފަހަރު، ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު އަދި ފީފާ އިންޓަ ކޮންޓިނެންޓަލް ކަޕް ހިމެނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ސީއެންއެން)
‘އޮންދާ ސީރޯ’ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންޗޮލެޓީ އެ މަގާމު ދޫކޮށްލުމުން ދެން ރެއާލްގެ ކޯޗު ކަމުގެ މަގާމު ފުރުން އެންމެ ގާތީ އެ ޓީމުގެ ކާމިޔާބު ޕްލޭޔަރު ޒަބީ އެލަންސޯއެވެ. ޒަބީ އެލަންސޯ ވަނީީ އެ މަގާމު ފުރިދާނެ ފެންވަރު އޭނާގެ ކިބައިގައި ހުރިކަން ސާބިތުކޮށްދީފައެވެ. ޒުވާން ވަރުގަދަ ސްކޮޑެއް އޮތް ރެއާލް މެޑްރިޑުން މި ސީޒަނުގައި ލަލީގާގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. ޗެމްޕިއަންސް ލީގުގެ ފެށުން އެހާ ރަނގަޅަށް ނުދިޔަ ނަމަވެސް އެ ޓިމަށް މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ވެސް ރަނގަޅު ކާމިޔާބީ އެއް ނެރެވޭނެ ފަދަ ސްކޮޑެއް އެ ޓީމުގައި އެބައޮތެވެ.
އުމުރުން 65 އަހަރުގެ ކޯޗު ކާލޯ އަންޗޮލެޓީ ރެއާލްގެ ކޯޗު ކަމުގެ މަގާމު ދޫކޮށްލަން ނިންމާފައިވާކަން ރިޕޯޓު ކޮށްފައިވީ ނަމަވެސް އޭނާގެ ކުރިމަގެއް އަދި ސާފެއް ނުވެއެވެ. އަންޗޮލެޓީ ވަނީ މިހާތަނަށް ސްޕެއިން، އިޓަލީ، އިންގްލޭންޑް، ފްރާންސް އަދި ޖަރުމަނުގެ ޓީމުތަކަށް ކޯޗުކަން ކޮށްދީފައެވެ. އެހެންކަމުން ބެލެވެނީ ކުލަބަކަށް އިތުރަށް ކޯޗުކަން ކޮށްދޭނަމަ އަންޗޮލެޓީގެ މިސްރާބު ހުންނާނީ ސައުދީ ލީގަށް ކަމަށެވެ. ގައުމީ ޓީމަކާއި ގުޅޭ ނަމަ އޭނާ ގުޅުން އެންމެ ގާތީ ބްރެޒިލްގެ ގައުމީ ޓީމާއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
