
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޗައިނާގެ އެހީގައި އިތުރު 50 ކައުންސިލް އިމާރާތް މި އަހަރު ތެރޭ އަޅަން ނިންމާފައިވާ ކަަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ވިދާޅުވެއްޖެއެވެ. އިއްޔެ ވަނީ މަލޭޝިއާ ކުންފުންޏަކާއެކު 55 ކައުންސިލް އިދާރާ އިމާރާތް ގާއިމް ކުރުމަށް ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ތަންތަން ނިންމާ ފަރުނީޗަރާއެކު ގާއިމުކުރެވޭނެއެވެ. މި މަޝްރޫއުގެ ތަފްސީލު ދެއްވަމުން މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ދެ ބުރިއަށް އިމާރާތްކުރާ 27 ކައުންސިލް އިދާރާ ހިމެނޭއިރު، ދެ ބުރިއަށް އިމާރާތްކުރާ ކައުންސިލް އިދާރާތައް، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި އަދި އެއް ބުރީގެ ޢިމާރާތްތައް މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެތެރޭގައި ނިންމޭނެކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
މިއީ 36 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އާދަމް ޝަރީފް ވިދާޅުވީ، މި ސޮއިކުރެވޭ ކުރެވޭ 55 ކައުންސިލްގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިތުރު 50 ކައުންސިލް އިދާރާ އެޅުއްވުމުގެ މަޝްރޫއެއް އިއުލާނު ކުރައްވާފައިވާ ކަަމަށެވެ. އަދި ޗައިނާގެ އެހީގައި އަޅުއްވާ އެ ކައުންސިލް އިދާރާތަކުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މި ދެ މަޝްރޫއު ނިމޭއިރު ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ ކައުންސިލް އިދާރާތަކުގެ 71 އިންސައްތަ މުޅިން އައު ކުރެވޭނެއެވެ
”ކައުންސިލް އިދާރާތައް ބިނާކުރުމުގެ މި މަޝްރޫޢުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލަރުންނަށް މަސައްކަތް ކުރެވޭނެ މާޙައުލެއް އުފެދިގެންދާނެއެވެ. ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކައުންސިލްތަކަށް މަގުފަހިވެގެންދާނެއެވެ،”. މިނިސްޓަރ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
