
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިރޭ ހުވައި ކުރެއްވި، އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ. ރައީސް ޓްރަމްޕު ހުވާ ކުރެއްވުމާ ގުޅިގެން މަރުހަބާ ދަންނަވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ މުޅި ދުނިޔެ ހަލަބޮލިވެ، ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި، ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު، އެކަންކަން ހައްލުކުރުމަށްޓަކައި ރައީސް ޓްރަމްޕަށް އަޒުމާއި ވިސްނުންތެރިކަމަށް އެދޭ ކަމަށެވެ.
އޭގެ އިތުރުން ބައިނަލްއަޤްވާމީ ޞުލްޙައަށްޓަކައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ލަނޑުދަނޑިތައް އިތުރަށް ހަރުދަނާކޮށް، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ޓްރަމްޕުގެ ވެރިކަމުގެ މި ދައުރުގެ ތެރޭގައި ކުރިއެރުވުމަށް އާ ސަރުކާރާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން އުންމީދުކުރާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޓްރަމްޕަށް ރައީސް ޑރ. މުއިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި ފާގަތިކަން ކުރިއެރުވުމަށްޓަަކައި، އެ ލަނޑުދަނޑިއަށް ވާސިލުވުމުގައި މަސައްކަތް ކުރުމަށް ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.
އަދި ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ ރައީސް، ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ މެސެޖުގައި، މި އަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި މިއީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އެ ގޮތުން ވިޔަފާރިއާއި އިގުތިސާދީ ގުޅުން ބަދަހިކުރުމާއި، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ޑިމޮކްރެޓިކް ހަމަތަކާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަގުގައި ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދެޤައުމުން ކުރާ މަސައްކަތް ދިވެހިރާއްޖެއިން ބަލައިގަންނަކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ތަހުނިޔާގެ މި މެސެޖު ނިންމަވާލައްވަމުން، ރައީސް ޓްރަމްޕަށް އެ މަނިކުފާނުގެ ރައީސްކަމުގެ ދައުރުގެ ރަސްމީ މަސްޢޫލިއްޔަތުތައް އަދާކުރުމެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެން، އެ މަނިކުފާނަށް ފުރިހަމަ ޞިއްޙަތަކާއި ދުޅަހެޔޮކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މިއީ އެމެރިކާގެ ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރާ ދެވަނަ ފަހަރެވެ. މީގެކުރިން ޓްރަމްޕް އެމެރިކާގެ ރައީސްކަން ކުރެއްވީ 2017 ވަނަ އަހަރުން ފެށިގެން 2021 އަށް އެ ގައުމުގެ 45 ވަނަ ރައީސްގެ ގޮތުގައެވެ. ޓްރަމްޕްގެ ދައުރު ހަމަވެގެން ބޭއްވި ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރިއެވެ. އެކަމަކު، މި ފަހަކާ ޖެހެންދެން އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ޖޯ ބައިޑަން އަތުން ޓްރަމްޕަށް ކުރިމަތިވީ ނާކާމިޔާބީއެވެ.
އެމެރިކާގެ 47 ވަނަ ރައީސް ކަމުގެ ހުވާ، ޓްރަމްޕު ކުރެއްވީ އެކަމަށްޓަކައި އެގައުނުގެ ވެރިރަށް ވޮޝިންޓަނުގައި ހުންނަ ކެޕިޓަލް ހިލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސްއާ ވާދަކޮށް އުމުރުން 78 އަހަރުގެ ޓްރަމްޕް އިންތިހާބު ކާމިޔާބު ކުރީ 277 އިލެކްޓޯރަލް ވޯޓުންނެވެ. ކަމަލާއަށް ލިބިވަޑައިގަތީ 224 އިލެކްޓޯރަލް ވޯޓެވެ. ޓްރަމްޕް ރައީސް ކަމަށް އައިއިރު، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓްގެ އަޣުލަބިއްޔަތު ޑިމޮކްރެޓްސްގެ އަތުން ޓްރަމްޕްގެ ރިޕަބްލިކަން އަށް ވަނީ ލިބިފައެވެ. ޓްރަމްޕް ރިޔާސީ ދައުރު ފުރިހަމަކޮށްފި ނަމަ، އޭނާ ވާނީ އެމެރިކާގެ ވެރިކަމުގައި އުމުރުން އެންމެ ދޮށީ ރައީސަށެވެ. ޓްރަމްޕް ދައުރު ނިންމާލާ އިރު، އުމުރުން 82 އަހަރުވާނެއެވެ.
އެމެރިކާގެ އެންމެ ދޮށީ ރައީސްގެ މަގާމު ހޯއްދަވާފައިވަނީ ބައިޑަންއެވެ. އޭނާ އަށް ވަނީ 81 އަހަރެވެ. ޓްރަމްޕްގެ ރަނިން މޭޓު، ޖޭޑީ ވާންސް ވަނީ ނައިބު ރައީސްކަމުގެ ހުވާކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
