
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ނުވަ ލޯނެއް ނަގާފައިވާ ކަމަށާއި އެ ލޯނުތަކަށް ޖުމްލަ 5.2 ބިލިއަން ރުފިޔާ އަރާކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާތަކުން ދައްކާ ގޮތުގައި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ތެރޭގައ ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުން 2.3 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފައެވެ. އެއީ މިދިޔަ އަހަރު ސަރުކާރުން ނެގި އެންމެ ބޮޑު ލޯނެއެވެ. އެ ލޯނުގެ އިތުރުން ޗައިނާގެ އެގްޒިމް ބޭންކުން 1.2 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާއިރު އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން 617 މިލިއަން ރުފިޔާ ލޯނެއް ނަގާފައިވެއެވެ. ޗައިނާގެ އެގްޒިމް ބޭންކުން ލޯނު ނަގާފައިވަނީ ވީއައިއޭ ތަރައްގީކުރުމުގެ ޕްރޮޖެކްޓް ރީފައިނޭންސްކޮށް އަޕްގްރޭޑްކުރުމަށެވެ. އަދި އައިޑީބީއިން ލޯނު ނަގާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފައިސާ ހަމަޖައްސައިދިނުމަށެވެ.
ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިދު މިދިޔަ އަހަރުގެ ތެރޭފައި ސަރުކާރުން ވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުން 771 މިލިއަން ރުފިޔާގެ ލޯނަކާއި 1.5 ބިލިއަން ރުފިޔާގެ ލޯނެއްވެސް ނަގާފައެެވެ. އަދި ޗައިނާ އެގްޒިމް ބޭންކުން 1.2 ބިލިއަން ރުފިޔާ ލޯނެއް ވެސް ނަގާފައިވެއެވެ އޭގެ އިތުރުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން 154 މިލިއަން ރުފިޔާގެ ލޯނަކާއި 463 މިލިއަން ރުފިޔާގެ ލޯނެއް ވެސް ނަގާފައިވެއެވެ.
ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވަލޮޕްމެންޓް 154 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާއިރު އޭޝިއަން އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓް ބޭންކުން 231 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވެއެވެ. އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ)އިން 62 މިލިއަން ރުފިޔާގެ ލޯނަކާއި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓުން 617 މިލިއަން ރުފިޔާގެ ލޯނެއް ވެސް ސަރުކާރުން ވަނީ ނަގާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
