
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “އޮޕަރޭޝަން ކުރަނގި” ގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 25،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފިއެވެ. އޮޕަރޭޝަން ކުރަނގި ފެށިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މަޢުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމެވެ.
މިއަދު މާލޭގައި އެ ހަރަކާތް ފެށިއިރު، ދާހިލީ ސަލާމަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވި، މިއަދު ކުރެވުނު މަސައްކަތުން 1،455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން، އަދި ފޭސިއަލް ރިކޮގްނިޝަން އަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާ ބޭސް އަދާހަމަ ކުރެވިފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ރައީސް ޑރ. މުހަައްމަދު މުއިއްޒު ގައުމާއި މުހާތަބު ކުރެއްވިއިރު، މި އޮަޕަރޭޝަންގައި ވާނީ 10،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގުނު ވާހަކަ އިއުލާން ކުރައްވާފައިވާ ކަމަަށެވެ. އަދި މިދިޔަ ދެ މަސް ތެރޭގައި އިތުރު 15،000 އަށްވުރެ ގިނަ ބިދެސީންގެ މައުލޫމާތު ނެގި މުޅި އޮޕަރޭޝަންގައި 25483 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ނެގިފައިވާ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.
“ރަައީސް ޑރ. މުއިއްޒު ވައުދުފުޅާއި އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ﷲގެ އިރާދަފުޅާއެކު ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި،”. ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ، މި މަސައްކަތުގައި އެ ވުޒާރާގެ ފޮރިން ލޭބަރ ޑިޕާޓްމެންޓް އިމިގްރޭޝަން، ފުލުހުން އަދި ހޯމް ސެކްޓަރ މުވައްޒަފުންނާއި ކައުންސިލްތަކުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް ފާހަގަކުރަައްވާ ޝުކުރު ދަންނަވާފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
