
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ މަސައްކަތް ދަނީ ޝެޑިއުލާއި އެއްގޮތަށް ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކުގެ މަސައްކަތް ކުރިއަށްދަނީ ތިން ފޭސް ނުވަތަ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގެ މަސައްކަތް ޝެކިއުލާއި އެއްގޮތަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކުގައި މޮޑެލްގައި އިންސްޓިޓިއުޝަނަލް އިންވެސްޓަރުން ހޯދުމަށާއި ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް އިސްކަންދީފައިވާ ކަމަށެވެ. އަދި ފަހުން ރީޓެއިލް ހިދުމަތްތައް ތައާރަފް ކުރުމުގެ ޕްލޭންތައް ވެސް ސަރުކާރުން ރާވާފައިވާ ކަމަށެވެ.
“އެކި މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ އިގްތިސާދު ހަމައަކަށް އެޅުވުމާއި ހަރުދަނާ ކުރުމަށް ކުރެވޭ، ފުޅާކުރުމަށް ކުރާ މަސައްކަތްތަކެއް.” ސައީދު ވިދާޅުވިއެވެ. ސައީދުގެ ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން ގައުމު ވެއްޓިފައިވާ އަދަވަޅުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑިވެލޮޕްމެންޑް ބޭންކަކީ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށެވެ. ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އުފެއްދެއްވީ މިދިޔަ އަހަރުގެ މެއި 16 ވަނަ ދުވަހުގައެވެ.
ޑިވެލޮޕްމަންޓް ބޭންކްގެ ޗެއަރޕަރސަންގެ ކަމުގެ މަގާމަށް އަރޫނީ ގޫނަތިލަކަ އަދި ސީއީއޯގެ މަގާމަށް ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އައްޔަން ކުރައްވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
