
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖެއިން ވަގަށް ބޭރު ކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ޑޮލާރާއި، ބައި ލައްކައަށްވުރެ ޔޫރޯ މޯލްޑިވްސް ކަސްޓަމްސްއަށް ނަގައި، 12،000ރ އިން އިންޑިއާ މީހަކު ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި ދައުލަތުން އެ ފިރިހެން މީހާގެ މައްޗަށް ކޮށްފައި ވަނީ ރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.
މިގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ 21:30 ގައި މި މީހާ ކޮލަންބޯއަށް ޔޫއެލްގެ ފްލައިޓެއްގައި ފުރުމަށް ވެލާނާ އެެއާޕޯޓަށް ގޮސް، ޗެކިންގ ކުރުމަށްފަހު، ބޯޑިންގއަށް ވަނުމުގެ ކުރިން ފަސެންޖަރުން ޗެކްކުރާ ސެކިއުރިޓީ ޗެކްޕޮއިންޓް ސަރަހައްދުން އޭނާގެ ޑަފަލް ބޭގުގައި ބޭރު ފައިސާ ގިނަ އަދަދަކަށް ހުރިކަން ފާހަގަވިއެވެ. މިއާއެކު އެ ދަބަހާއި، ބެކްޕެކް ސްކޭންކޮށް ބަލައިފާސްކުރިއިރު، އޭނާގެ ޑަފަލް ބޭގުން އަންނައުނު އޮޅާ ފޮރުވާފައިހުރި ފައިސާ އަޅާފައި ހުރި 14 ސިޓީ އުރަ ފެނިފައި ވެއެވެ.
އޭނާގެ ޑަފަލް ބޭގުން ފެނުނު ސިޓީ އުރަތަކުން 104،977،00 ޑޮލަރާއި، 31،585،00 ޔޫރޯއާއި، 180 ފްރޭންކް އާއި 100 ދިރުހަމް ފެނިފައި ވެއެވެ. އަދި އޭނާގެ ބެކްއަޕް ތެރެއިން އަންނައުނު އޮޅާފައި ފޮރުވާފައި ފައިސާ އަޅާފައި ހުރި ހަތް ސިޓީ އުރަ ފެނުނު އިރު، އެ ސިޓީ އުރަތަކުގައި 32،395،00 ޑޮލާރާއި، 18،790،00 ޔޫރޯ ފެނިފައި ވެއެވެ. މިއާއެކު އޭނާ އެ ފައިސާ ކަސްޓަމްސްއަށް ޑިކްލިއާ ކުރުމެއް ނެތި، ރާއްޖެއިން ސިއްރުން ބޭރުކުރަން އުޅެފައިވާތީ އެ ފައިސާ ކަސްޓަމްސްއަށް ނަގައިދިނުމަށް ދައުލަތުން ކޯޓުގައި އެދިފައި ވެއެވެ. މި މައްސަލައިގައި އޭނާއާ ޕީޖީ އޮފީހާ ދެމެދު އިއުތިރާފީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ. އަވަސް ނިޔާ އަޑުއެހުމެއްގެ ގޮތުގައި މި މައްސަލަ ކުރިއަށް ގެންގޮސް 12،000ރ އިން އޭނާ ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސް ކުރަން އަމުރު ކޮށްފައި ވެއެވެ.
އަދި ދެ ދަބަހުން ފެނުނު 137،372 ޑޮލަރާއި، 50،373 ޔޫރޯގެ އިތުރުން، އެހެނިހެން ފައިސާއަށް ކަސްޓަމްސްއަށް ނެގުމަށް އަމުރު ކޮށްފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
