
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖެއަކީ ޑިޖިޓަލް ދާއިރާގެ އެހެން ހަރުފަތަކަށް ގެންގޮސް ދުނިޔޭގައި ފާހަގަކޮށްލެވޭ ގައުކަމަށް ހައްދަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ. އެސްޓޯނިއާގެ ރައީސް، ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް އެ ގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ޑރ. ކިނާނަތު ވިދާޅުވީ މި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ޑިޖިޓަލް ވެއްޓަކަށް އެސްޓޯނިއާ އިން ކުރި ދަތުރަކީ ތައުރީފް ހައްގު އަދި ނަމޫނާއަކަށް ބަލަންޖެހޭ ކަމެއް ކަމަށެވެ.
“އެއަށްވުރެވެސް ރަނގަޅު ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަކީ މުހިންމު ކަމެއް. ޑިޖިޓަލް ގަވާނަންސް، އީ-ސާވިސް، ސައިބާ ސެކިއުރިޓީގެ ފިޔަވަޅުތައް އިތުރު ކުރުމާއި ޑިޖިޓަލް ކެޕޭސިޓީ ހަރުދަނާ ކުރުމަކީ ކުރަންޖޭހޭ ކަމެއް.” ކިނާނަތު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު ޑރ. ކިނާނަތު ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެންމެ ޚާއްސަ އިސްކަމެއް ދެއްވާ ކަންތައް ކަމަށާއި ރާއްޖޭގައި ރައީސްކަން ކުރެއްވި އެއްވެސް ރައީސަކު ޓެކްނޮލީ ދާއިރާ ކުރިއެރުވުމަށް މިހާގިނަ މަސައްކަތްފުޅުތަކެއް ކުރައްވާފައިނުވާ ކަމަށެވެ. އަދި ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ އުންމީދުން ފުރިފައިކަން ފާހަގަކުރައްވާ ޑރ. ކިނާނަތު ވަނީ އަޅުގަނޑުމެން މިތިބީ ރައީސްގެ “ޑިޖިޓަލް ރާއްޖެ” މިތަސައްވަރު ފުރިހަމައަށް ތަންފީޒުކުރަން ތައްޔާރަށް ކަމަށްވެސް ވިދާޅުވެފައެވެ.
“އިރާދަކުރެއްވިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ކުރިއަށްއޮތް ދުވަސްތަކުގައި ދިވެހިރާއްޖެ ޑިޖިޓަލް ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސް ދުނިޔޭގައި ފާހަގަކޮށްލެވޭ ގައުމަކަށް ހަދާނަން.” ކިނާނަތު ވިދާޅުވިއެވެ.
އެސްޓޯނިއާއަށް ރައީސް ކުރެއްވި މި ދަތުުރުފުޅުގައި ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއާ އެސްޓޯނިއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިވެސް ކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާންއެވެ. އެސްޓޯނިޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލީސާ-ލީ ޕަކޯސްޓާއެވެ. މި އެއްބަސްވުމަކީ އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ޓެކްނޮލޮޖީސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެކެވެ.
ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ، ރައީސް އިސްކަންދެއްވާ ކަމެކެވެ. ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކުރައްވައި، 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 30 އިންސައްތަ ހިއްސާކުރަނީ، ޑިޖިޓަލް އިޤްތިޞާދަކުން ކަމަށް ހެދުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެކެވެ. މިއީ 2040 ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރުގެ މުހިންމު ބަހާއެކެވެ.
ސަރުކާރުން މި ވަގުތު ދަނީ، ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕް ސްޓްރެޓަޖީ އެކުލަވާލުމުގެ މަސައްކަތްކުރައްވަމުންނެވެ. އަދި ޔުނެސްކޯގެ އޭ.އައި ރެޑިނަސް ޓޫލްސް ބޭނުންކޮށްގެން، އޭ.އައި ރެޑިނަސް އެސެސްމަންޓެއް ހަދައި، ޤައުމީ އޭ.އައި. މާސްޓަރޕްލޭނެއް އެކުލަވާމުގެ މަސައްކަތްވެސް، ސަރުކާރުން ދަނީ ކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
