
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އައު ވައިޑްބޮޑީ އޭ330 އިން ޗައިނާ އަށް ކުރާ ދަތުރުތަކުގެ އަގުތައް އާންމު ކޮށް ބުކިން އަށް ހުޅުވާލައިފިއެވެ. މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުން ޗައިނާ އަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ވައިޑް ބޮޑީގެ ފުރަތަމަ ދަތުރު އޮތީ ޗައިނާގެ ޗެންގްޑޫ އަށެވެ. އެއީ ދެކޮޅަށް 688 ޑޮލަރު (10،610ރ.) އެވެ. އެ ސިޓީ އަށް ކުރާ ފުރަތަމަ ދަތުރު އޮންނާނީ މި މަހުގެ 22 ގަ އެވެ.
މޯލްޑިވިއަން އިން އާންމުކޮށްފައިވާ ގޮތުން ޗައިނާގެ ބެއިޖިންގެ ދަތުރު އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ބެއިޖިން އަށް ދެކޮޅު ޓިކެޓްގެ އަގަކީ 788 ޑޮލަރު (12،151ރ.) އެވެ. މިމަހުގެ 27 ގައި ޗައިނާގެ ޝެންހާއީއަށް ސީދާ ދަތުރު ފެށުމަށް ހަމަޖެހިފައިވާއިރު އެ މަންޒިލަށް ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ. މި ބޯޓްގައި ތިން ކްލާހެއް ހިމެނެެއެވެ. އެއީ ބިޒްނަސް އަށް 18 ގޮނޑި އާއި ފްރިމިއަމް އެކޮނަމީއަށް 36 ގޮނޑިއާއި އިކޮނޮމީ ކުލާހުގައި 210 ގޮނޑި ހިމެނެއެވެެ. އެހެންކަމުން މިއީ ޖުމްލަ 264 ގޮނޑި ހުންނަ މަތިންދާބޯޓެކެވެ.
މޯލްޑިވިއަންގެ އާ މަތިންދާބޯޓު އޭ330 ރާއްޖެ އަށް ގެނެސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ. މިއީ އެއްވެސް ތަނަކަށް ނުޖަހައްސައި 13،000 ކިލޯމީޓަރުގެ ރާސްތާއަށް ސީދާ ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ބޯޓެކެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
