
މި އަހަރުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖެއަށް 90،000 ޓޫރިސްޓުން އަތުވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ތެރެއިން 70 ޕަސެންޓު ޓޫރިސްޓުން ދިޔައީ ރިސޯޓުތަކަށެވެ. އެއީ 63،400 ޓޫރިސްޓުންނެވެ. އަދި ހޮޓާތަކާއި ގެސްޓްހައުސްތަކަށް އައީ 25،000 ޓޫރިސްޓުންނެވެ. އެއީ ރާއްޖެއަށް އައި ޖުމްލަ ޓޫރިސްޓުންގެ 28 ޕަސެންޓެވެ. ސަފާރީތަކަށް އެ މުއްދަތުގައި އައީ 2،200 ޓޫރިސްޓުންނެވެ.
އެންމެ ގިނަ ޓޫރިސްޓުން ރިސޯޓުތަކަށް އައި އިރު ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 69 ޕަސެންޓު ނިސްބަތްވަނީ ވެސް ރިސޯޓުތަކަށެވެ. ރާއްޖޭގައި ޓޫރިޒަމް ހިދުމަތްދޭ 61،000 އެނދު ހުރި އިރު އޭގެ ތެރެއިން 42،000 އަކީ ރިސޯޓުތަކުގައި ހުރި އެނދުގެ އަދަދެވެ. ގެސްޓްހައުސްތަކުގެ އެނދުގެ އަދަދު އުޅެނީ 13،000 ގަ އެވެ. އެއީ ޖުމްލަ ބެޑް ކެޕޭސިޓީގެ 22 ޕަސެންޓެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 90،000 ޓޫރިސްޓުން އައި އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ އަށް ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 83،000 ޓޫރިސްޓުންނެވެ. ޑިސެމްބަރު/ޖެނުއަރީގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާ އިންނެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. މިދިޔަ އަހަރު އެއްވަނައިގައި އޮތް ޗައިނާ އޮތީ ހަތަރުވަނައިގަ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
