
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިސްރާއީލާއި ހަމާސްއާ ދެމެދު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށާއި އަސީރުން ދޫކޮށްލުމަށް ވެފައިވާ އެއްބަސްވުމަކަަަަަށް އަތުވެއްޖެއެވެ. ގަތަރުގެ އިތުރުން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ވާހަކަތަކުގައި މެދުވެރިއެއްގެ ގޮތުގައި އެމެރިކާ އާއި މިޞްރުންވެސް ބައިވެރިވެއެވެ. ނޫސްތަކުން ބުނާގޮތުގައި އެއްބަސްވުމުގައި، ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އިތުރަށް، އިސްރާއީލުން ހައްޔާރުކޮށްފައިވާ ފަލަސްތީނު ރައްޔިތުން ދޫކޮށްލުމާއި ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލުގެ މީހުން ދޫކޮށްލުންވެސް ހިމެނެއެވެ. އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
“މެދުއިރުމަތީގައި ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމުގެ އެއްބަސްވުމެއް އެބައޮތް،” މީސް މީޑިއާ ޕްލެޓްފޯމް ޓްރޫތު ސޯޝަލްގައި އޭނާ ބުނެފައި ވެއެވެ. “ވަރަށް އަވަހަށް އެމީހުން ދޫކޮށްލާނެ. ޝުކުރިއްޔާ!” މިފަދަ އެއްބަސްވުމަކަށް އާދެވިފައިވާކަން ރަސްމީ ބަޔާނަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. ޣައްޒާގައި ހަނގުރާމަ ހުއްޓާލަން ނިންމާފައިވާ އެއްބަސްވުމުގައި ތިން މަރުހަލާއެއްގެ ދަށުން ކުރެވޭ ކަންކަން ހިމެނިފައިވާ ކަމަށް ރޮއިޓާސް އިން ހިއްސާ ކޮށްފައިވާ މައުލޫމާތު ގައި ވެއެވެ. އޭގެ ތެރެއިން ފުރަތަމަ މަރުހަލާއަކީ ހަ ހަފުތާގެ ދިގު މަރުހަލާއެކެވެ.
އޭގެ ތެރޭގައި ޣައްޒާގެ މެދުތެރެއިން އިސްރާއީލު ސިފައިން މަޑުމަޑުން ފޭބުމާއި، ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ޣައްޒާގެ އުތުރުގެ ސަރަހައްދަށް އެނބުރި ދެވޭ ގޮތް ހެދުން ހިމެނެއެވެ. އެ އެއްބަސްވުމުގައި ބުނެފައި ވަނީ ހަނގުރާމަ ހުއްޓާލާ ދުވަހު ޣައްޒާއަށް އިންސާނީ އެހީގެ 600 ޓްރަކް ގެނައުމުގެ ހުއްދަ ދޭން ޖެހޭނެއެވެ. އޭގެ ތެރެއިން 300 ޓްރަކް ދޫކުރާނީ އުތުރަށް ކަމަށްވެސް ބުނެފައި ވެއެވެ. އަދި ހަމާސް އިން ހަ ހަފުތާގެ ތެރޭގައި ޣައްޒާގައި ރަހީނު ކޮށްފައި ތިބި މީހުން ދޫކޮށްލަން ޖެހޭ ގޮތްވެސް އޭގައި ބަޔާން ކޮށްފައިވާއިރު، އެއީ ކޮންމެ ހަފުތާއަކު ތިން މީހުންނެވެ. އަދި ބާކީ ތިބި މީހުން ފުރަތަމަ ފިޔަވަހި ނިމުމުގެ ކުރިން ދޫކޮށްލަން ވާނެ ކަމަށް ބުނެފައި ވެއެވެ.
އަދި ޣައްޒާގައި ރަހީނުކޮށްފައި ތިބި މީހުންގެ ތެރެއިން މަރުވެފައި މީހުންގެ ހަށިގަނޑުތައް ދިނުމުގެ ކުރިން ދިރިތިބި އެންމެން ދޫކޮށްލަން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ. އެގޮތުން ފުރަތަމަ ދޫކޮށްލާނީ 18 އަހަރުން މަތީގެ އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުން ކަމަށާއި އޭގެ ފަހުން 50 އަހަރުން މަތީގެ ފިރިހެނުން ދޫކޮށްލަން ވާނެ ކަމަށް ބުނެފައި ވެއެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ހުރިހާ އަންހެނުންނާއި ކުޑަކުދިންނާއި 18 އަހަރުގެ ފިރިހެނުން ފުރަތަމަ ފިޔަވަހި ނިމުމުގެ ކުރިން އިސްރާއީލުން ދޫކޮށްލަންވެސް އެއްބަސްވެފައި ވެއެވެ. އަދި އިސްރާއިލުގެ ކޮންމެ އާންމު ރައްޔިތަކަށް ފަލަސްތީނުގެ 30 މީހަކު އަދި ހަމާސް އިން ދޫކޮށްލާ ކޮންމެ އަންހެން ސިފައިންގެ މީހަކަށް ފަލަސްތީނުގެ 50 މީހަކު ދޫކޮށްލަންވެސް އެއްބަސްވެފައި ވެއެވެ. އަދި ދޫކޮށްލި ފަލަސްތީނުގެ މީހުންގެ ޖުމުލަ އަދަދު ބަރޯސާވާނީ ދޫކޮށްލާފައިވާ ރަހީނުކުރި މީހުންގެ މައްޗަށެވެ.
އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފަށާނީ ފުރަތަމަ ފިޔަވަހީގެ 16 ވަނަ ދުވަހު ކަމަށްވެސް ބުނެފައި ވެއެވެ. އޭގެ ތެރޭގައި އިސްރާއީލުގެ ފިރިހެން ސިފައިން ހިމެނޭ ގޮތަށް ބާކީ ތިބި އެންމެން ދޫކޮށްލުމާއި ދާއިމީ ހަނގުރާމަ ހުއްޓާލުމާއި އިސްރާއީލު ސިފައިން މުޅިން ފޭބުން ހިމެނެއެވެ. ތިން ވަނަ ފިޔަވަހީގައި ޣައްޒާއިން ހުރިހާ މީހުންގެ ހަށިގަނޑު އަނބުރާ ފޮނުވާލުމާއި މިސްރާއި ގަތަރާއި އދގެ ބެލުމުގެ ދަށުން ޣައްޒާގައި އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުން ހިމެނެއެވެ. މި އެއްބަސްވުމަށް އަމަލުކުރަމުންދާ ކަމުގެ ޔަގީންކަން ގަތަރު، މިސްރު އަދި އެމެރިކާ އިން ދެމުންދާނެއެވެ. އިސްރާއީލުގެ ސަރުކާރުގެ އޮފިޝަލަކު ރޮއިޓާސްއަށް ބުނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މާދަމާ އިސްރާއިލު ސަރުކާރުން ވޯޓަށް އަހާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
