
(ފޮޓޯ ކްރެޑިޓްސް: އާސަންދަ)
އާސަންދަގެ ދަށުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ފޮނުވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލި މީހުންގެ ތެރެއިން “ފަސްޓް ޑިގްރީ ޑޯނަރ”އެއް (ޢާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަޙައްމަލް ކުރަމުންދާ ފަރާތްތައް ކަމަށް އާސަންދަ އޮފީހުން ވިދާޅުވެއްޖެއެވެ. ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް 3 ހޮސްޕިޓަލަކާއެކު އެއްބަސްވުމެއްގައި މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ސޮއިކޮށްފައި ވެއެވެ. އެއީ އަބޫދާބީ ބުރްޖީލް މެޑިކަލް ސިޓީ، ބެންކޮކްގެ ވޯރލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލެވެ. އަދި މިއަދުން ފެށިގެން އާސަންދަ ސްކީމްގެ ޚިދުމަތް މި ހޮސްޕިޓަލްތަކުން ދޭ ގޮތަށް ވަނީ ހުޅުވައިލާފައެވެ. މިއަދު ނޫސްވެރިންނަށް ބޭއްވި މައުލޫމާތު ސެޝަންގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މައިގަނޑު ގޮތެއްގައި ޔޫއޭއީ އަށް ފޮނުވަނީ ރާއްޖޭގައި ތިބި ފަސްޓް ޑިގްރީ ޑޯނަރ ނުލިބި ކިޑްނީ ޓްރާންސްޕްލާން ނުކުރެވި ތިބި މީހުން ކަމަށެވެ.
“އަޅުގަނޑުމެން ވަކި ސިލެކްޝަން އެއް ނަހަދަން، ވަކި މީހަކަށް ނޫން ޓާގެޓް ކުރަނީ އެކަމަކު މައިގަނޑު ގޮތެއްގައި ޔޫއޭއީ އަށް މިފޮނުވަނީ ރާއްޖޭގައި އެބަތިބި ފަސްޓް ޑިގްރީ ޑޯނަރ ނުލިބި ކިޑްނީ ޓްރާންސްޕްލާން ނުކުރެވި ވަރަށް ގިނަ އަދަދެއްގެ މީހުން، ކިޑްނީ އަށްވެސް ފަސްޓް ޑީގްރީ ނުލިބިގެން އަވަށްޓެރި ބައެއް ގައުމު ތަކުގެ އުސޫލުތައް ހުންނަ ގޮތުން ފަސްޓް ޑިގްރީ ޑޯނާއެއް ވެއްޖިއްޔާ އެ މީހާއަށް އޯގަން ޓްރާންސްޕްލާންޓް ކުރަން އުނދަގޫވޭ،”. ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ، ޔޫއޭއީގެ އެމީހުންގެ އުސޫލުތަކާއި އެ މީހުންގެ ގަވާއިދުތަކާއި ހާއްސަކޮށް އާސަންދަ ހަމަޖެއްސި ހޮސްޕިޓަލްގެ ގަވައިދުތައް ހުންނަ ގޮތުން ފަސްޓް ޑިގްރީ ޑޯނާއެއް ނުލިބިއްޖެ ނަމަ ނޫނީ އެހެން ލެވެލް އެއްގެ ޑޯނަރ އެއް ލިބުނަސް ނޫނީ އަދި އެ ލެވެލް އެއްގެ ޑޯނަރ އެއް ނުލިބުނަސް، މުސްލިމަކަށް ވެއްޖެނަމަ އެމީހުން އެބަލާ މިންގަނޑު ތަކަކަށް ބެލުމަށް ފަހު ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ މަގު އެ ފަހިވެގެން ދާނެ ކަމަށެވެ.
“ހުރިހާ ޓެސްޓް ތަކަކާއި ކުރަން ޖެހޭ ހުރިހާ ކުރަންޖެހޭ ދިރާސާ ތަކެއް ކޮށް ބަލާފައި އެ މެޗްވާ ކަމަށް ވެއްޖިއްޔާ، އަދި އެމީހުން މިސާލަކަށް ބޮޑު ކައުންސިލް އަކުން ބަލާ މިންގަނޑު ތަކަކަށް ބަލާފަ ކިޑްނީއެއް މީހަކަށް ފަސްޓް ޑީގްރީ ނޫނީ އާއިލާއިން ބޭރު މީހެއް ކިޑްނީއެއް ދިނުމަކީ ބޭރު ގައުމު ތަކުގައި މިސާލަކަށް ބޮޑު ކްރައިމްއެއްގެ ގޮތުގަވެސް ބަލާ ކަމެއް. ބައެއް މީހުން ވިޔަފާރިއަށް ވެސް ކިޑްނީ ތަކާއި އޯގަންތައް އެބަ ވިއްކާލާ. އެބޭފުޅުން ޔޫއޭއީގައި ބޮޑު ކައުންސިލަކުން އެ ބަލާ މިންގަނޑު ތަކަށް ބަލާފައި އެމީހާގެ ބަލި ހާލަތަށް ބަލާފައި އެ ގައުމެއްގެ މުސްލިލެމެއް ވެއްޖިއްޔާ އެމީހާގެ ކިޑްނީ ޓްރާންސްޕްލާންޓް ހަދާ ގޮތަށް މި އިންނަނީ،”. ހީނާ ވިދާޅުވިއެވެ. މީގެ ސަބަބުން ރާއްޖޭގައި މިވަގުތު ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވިތިބި މީހުންނަށް ކޮންމެސް ކަހަލަ އެހީތެރި ކަމެއް މީގެ ތެރެއިން ފޯރު ކޮށްދެވޭ ކަމަށް ހީނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
