
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެސްޓޯނިއާގެ ޓާރްޓޫގައި ހުންނަ ޓާރްޓޫ ޔުނިވަރސިޓީއަށް މިއަދު ޒިޔާރަތްކުރައްވާ، އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޓާޓޫ ޔުނިވަރސިޓީއަށް ޒިޔާރަތް ކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އެ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޓޫމަސް އައްސެރް އެވެ. މި ޒިޔާރަތުގައި، ޕްރޮފެސަރ އައްސެރް ވަނީ ރައީސަށް ކެމްޕަހުގެ މުހިއްމު ސަރަޙައްދުތައް ދައްކަވާލައްވާފައެވެ.
މީގެ އިތުރުން، ރައީސް ވަނީ ޔުނިވަރސިޓީގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. ޓާރްޓޫ ޔުނިވަރސިޓީ އަކީ އުތުރު ޔޫރަޕްގެ އެންމެ ތާރީޚީ އަދި އެންމެ ޝަރަފްވެރި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީއެކެވެ. ދުނިޔޭގެ ރިސާރޗް ޔުނިވަރސިޓީ ތަކުގެ ތެރެއިން އެންމެ މަތިން ދަރަޖަކުރެވިފައިވާ ރިސާރޗްތަކުގެ 1 އިންސައްތަ ހިއްސާކުރާ އެސްޓޯނިއާ ސަރުކާރުގެ މި ރިސާރޗް ޔުނިވަރސިޓީގައި، 100 އަށްވުރެ ގިނަ ޤައުމުތަކުން އައިސްފައިވާ 13 އިންސައްތަ ބައިނަލްއަޤްވާމީ ދަރިވަރުން ހިމެނޭހެން، 14،300 ވަރަކަށް ދަރިވަރުން ކިޔަވަމުންދެއެވެ. ޖީނޯމިކްސް، ކޮމްޕިޔުޓަރ ސައިންސް އަދި މެޓީރިއަލް ސައިންސްގެ ރޮނގުން ފާހަގަކޮށްލެވޭ މި ޔުނިވަރސިޓީގެ އެސްޓޯނިއާގެ އެކިއެކި ކެމްޕަސްތަކުގައި ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވިފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް އެ ޔުނިވަރސިޓީއާއެކު މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ މީގެ ތެރޭގައި ދިވެހި ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އެހެނިހެން ފަންނީ މާހިރުންނަށް ތަޢުލީމާއި، ދިރާސާކުރުމާއި އަދި ތަމްރީނުގެ ފުރުސަތުތަކުގެ ވާހަކަ ހިމެނެއެވެ. މީގެ އިތުރުން، ޚާއްޞަގޮތެއްގައި މަޝްވަރާތައް އަމާޒުކުރައްވާފައިވަނީ ރާއްޖޭގެ އާންމު ޚިދުމަތްތަކާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށްޓަކައި ޔުނިވަރސިޓީގެ ދިރާސާކުރުމުގެ ގާބިލުކަން ބޭނުންކުރެވިދާނެ ގޮތްތައް ބަލައި ދެނެގަތުމަށެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
