
(ފޮޓޯ ކްރެޑިޓްސް: އެރޮން ޔޫއާރްބީ)
ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގައި ޑިޖިޓަލް ކުރިއެރުން ހޯދުމަށް އެސްޓޯނިއާއިއެކު ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ޑިޖިޓަލް ކައުންސިލްގެ މެންބަރުންނާއެކު ބޭއްވި މަޝްވަރާތަކަށް އެ ގައުމުގެ ރައީސް ޑރ. އަލާރުއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އެސްޓޯނިއާއިން ހޯދާފައިވާ ޑިޖިޓަލް ކުރިއެރުމާއި ސްޓާޓްއަޕް އެކޯސިސްޓަމަކީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ލިބިގެންދާ ހިތްވަރެއް ކަމަށް ވެސް ވިދާޅުވިއެވެ.
“ޕަބްލިކް އަދި ޕްރައިވެޓް ސެންޓާގައި ޑިޖިޓަލް ކުރިއެރުން ހޯދުމަށް އެސްޓޯނިއާއެކު ގާތުން މަސައްކަތް ކުރާނަން.” ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެ ގައުމުުގެ ރައީސް ޑރ.އަލާރް ކަރިސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ ޓެކް ކޮމިއުނިޓީގެ މަންދޫބުން ހިމެނޭ ގޮތަށް މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
އެސްޓޯނިއާ 1991 ގައި މިނިވަންވީ ފަހުން އެ ގައުމުން އެންމެ ބޮޑަށް މަސައްކަތް ކުރި އެއް ކަމަކީ އީޖާދީ ވިސްނުމުގެ ތެރެއިން ޑިޖިޓަލް އިގްތިސާދެއް ގާއިމު ކުރުމެވެ. ޓެކްނޮލޮޖީ ދާއިރާ އިން ރައްޔިތުން ބާރުވެރިކޮށް، އިގުތިސާދު އަލުން ކޮޅަށް ޖެހުމުގެ ބުރަ މަސައްކަތް ކާމިޔާބުކޮށް މިހާރު އެސްޓޯނިއާއަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ގައުމެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
