
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދެ ގައުމު އެކުގައި މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފިއެވެ. ރައީސް މުއިއްޒު އެ މަޝްވަރާތައް ކުރައްވާފައިވަނީ އެސްޓޯނިއާގެ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ރޭ ދެއްވި ފަރިއްކޮޅުގެ ތެރެއިންނެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް އޮފީހުން ވިދާޅުވީ ގާނޫނު ހަދާ މަޖިލިސް “ރިގިކޮގޫ” އަށް ވަޑައިގަތުމުން، ރައީސްއަށް މަރުޙަބާ ވިދާޅުވީ، އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ކަމަށެވެ. އެ ތާރީހީ ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވައިފައި ކަމަށާއި އެއަށްފަހު، ގާނޫނު ހަދާ މަޖިލީހުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއިކުރެއްވާފައި ކަމަށް ވިދާޅުވިއެވެ.
ފަރިއްކޮޅު ކުރިއަށްގެންދެވި ވަގުތު ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި ދެ ގައުމުން ބައިވެރިވެގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ރައީސް ވަނީ، އާންމު ހިދުމަތްތައް ހަރުދަނާކުރެއްވުމަށް އަޒުމް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވައި، ރާއްޖެއަށް ޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަރައްގީގެ އެޖެންޑާގެ މައްޗަށް އަލިއަޅުވައިލައްވާފައި ކަމަށް ވެސް އެ އޮފީހުން ވިދާޅުވެއެވެ. އަދި ދެ ގައުމުން ހިއްސާކުރާ ލަނޑުދަނޑިތައް ހާސިލުލުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް އޮފީހުން ވިދާޅުވީ އީ-ވޯޓިން އާއި އެ ނޫން ވެސް އީޖާދީ ފަންނިއްޔާތުގެ އުފެއްދުންތަކުގެ ތެރެއިން ޑިޖިޓަލް ގަވާނަންސްގެ ދާއިރާއިން އެސްޓޯނިއާ ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ގޮތް، ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ހިއްސާކުރެއްވި ކަމަށެވެ. މަޝްވަރާތައް ނިންމަވާލައްވާފައިވަނީ، ބައިނަލްއަގްވަމީ ސުލްޙަ މަސަލަސްކަމާއި ސަލާމަތާ ގުޅޭގޮތުން ދެ ގައުމުން ހިއްސާކުރާ ކަންބޮޑުވުންތައް ފާހަގަކުރައްވައި، ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމު އެކުގައި މަސައްކަތްކުރުމުގެ އަޒުމު އައުކުރައްވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
